25 Apr 2020, 11:10
ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ 129 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ރޭ މެންދަމު ވަނީ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ފެނިފައިވާކަން ހާމަކޮށްފައެވެ. މިއާއެކު މާލޭގައި ބަލި ފެތުރެން ފެށިފަހުން މާލެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރައިފައެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި 69 ބިދޭސިންނެވެ.
ރާއްޖެއިން މިހާތަނަށް 17 މީހަކު ބަލިން ރަނގަޅުވެފައިވާކަން އިއްޔެ ވަނީ ހާމަކޮށްފައެވެ.