24 Apr 2020, 23:36
ސައުދީ އަރަބިއްޔާގެ މަޝްހޫރު ހިއުމަން ރައިޓްސް އެކްޓިވިސްޓަކު އެގައުމުގެ ޖަލެއްގައި ހުންނަވަނިކޮށް އަވަހާރަވެއްޖެ އެވެ.
ސައުދީ ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސ އެސޯސިއޭޝަންގެ ފައުންޑާ އަބްދުﷲ އަލް ހާމިދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ.
އަވަހާރަވިއިރު އޭނާގެ އުމުރުން 69 އަހަރެވެ.
ސައުދީގެ ހިއުމަން ރައިޓްސް ގްރޫޕްތަކުން މީގެ ކުރިން ވެސް ވަނީއަބްދުﷲ ދޫކޮށްލުމަށް އެދި ގޮވާލައިފަ އެވެ.
ޚުދުު މުހުތާރުކަމަށް މަޝްހޫރު ސައުދީ އަރަބިއްޔާގެ ޖަލުތަކުގައި މިހާރު ވެސް އެތަކެއް އެކްޓިވިސްޓުންނެއް އެބަތިއްބެވެ. އިދިކޮޅު ހިޔާލުތަކަށް ސައުދީ އަރަބިއްޔާއިން އާންމުކޮށް ޖާގައެއް ނުދެެ އެވެ.
އަވަހާރަވި އެކްޓިވިސްޓް ހުންނެވީ 10 އަހަރުގެ ޖަލުގެ ހުކުމްއެއްގަ އެވެ. އޭނާ ޖަލަށް ލާފައިވަނީ ގައުމުގެ އަމަން އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައެވެ. އަބްދުﷲ ހައްޔަރުކުރުމާ އެކު އޭނާ ހައްޔަރުކުރުމާ އެކު ސައުދީ ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްވަނީ އުވާވެސްލައިފަ އެވެ.
ސައުދީ އަރަބިއްޔާގެ އެކްޓިވިސްޓުން ބުނީ އަބްދުﷲ މޫގެ ދެ ހަފްތާ ކުރިން ބަލިވެގެން ވެސް އެގައުމުގެ ސަރުކާރުން އެކަށީގެންވާ ފަރުވާދީފައިނުވާ ކަމަށެވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާގެ ނޫސްވެރިއަކު ތުރުކީގައި ހުންނަ ސައުދީގެ އެމްބަސީގައި ވަނީ މަރާލައިފަ އެވެ. އެ މައްސަލައިގައި މުޅިދުނިޔޭގެ ފާޑުކިޔުން ސައުދީއަށް އަމާޒުވި އެވެ. (ބީބީސީ)