24 Apr 2020, 21:57
މާލެއިން 4 އަހަރާއި 12 އަހަރުގެ ކުއްޖަކަށް ކޮވިޑް ޖެހިއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އުމުރުން ހަތަރު އަހަރުގެ ކުއްޖާ (ކޭސް 112) އަކީ ސްރީލަންކާ އަށް ނިސްބަތްވާ އަންހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ އަކީ "އެމްއެޗްއެފް" ކްލަސްޓާ އާއި ގުޅުންހުރި ކުއްޖެއް ކަމަށާއި އެކުއްޖާ އަކީ އެމްއެޗްއެފް ކްލަސްޓާ އާއި ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް ކަމަށް ޑރ. ވިދާޅުވިއެވެ.
އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖާ (ކޭސް 117) އަކީ ކޭސް ނަންބަރު 28 އާއި ކޭސް 31 ގެ ދަރިފުޅު ކަމަށާއި މި ކުއްޖާ ގުޅެނީ ކްލަސްޓާ ބީއާރުބީ އާ ކަމަށް ޑޮކްޓާރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 128 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި 60 ދިވެހިންނާއި 68 ބިދޭސިން ހިމެނެއެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ދެ ދިވެހިންނެވެ. އޭގެ ތެރޭގައި އުމުރުން 60 އަހަރުގެ މީހެއް ވެސް ހިމެނެއެވެ.