ލޭންޑް ވެލުއޭޝަން ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލުން އެކުލަވައިލައްވައިފި އެވެ. އެ ކޮމިޓީގެ ޗެއާ ޕާސަނަކަށް ހަމަޖައްސަވާފައި ވަނީ މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މުހައްމަދު އަސްލަމެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އިންޖިނިއަރިންގެ ދާއިރާއިން މިނިސްޓަރު އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނައިބު ޝިފާޒް އަލީ އާއި، ޕަބްލިކް ފައިނޭންސް ދާއިރާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލް ޝަފީޤާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފައިނޭންޝަލް އެޑްވައިޒަރު އާސިއަތު ރިސްވީނާ އާއި، ލޯކަލް ގަވާނަންސް ދާއިރާއިން ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ ސީނިއާ އެޑްމިނިސްޓްރޭޓާ އާދަމް ޝަރީފު އަހުމަދާއި، ގާނޫނީ ދާއިރާއިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީ އަލްއުސްތާޒާ އުސާމާ މޫސާ އެވެ. އަދި ޕްލޭނިން ދާއިރާއިން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރު ޒުހުރުﷲ ސިޔާދާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ދާއިރާއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ފަޔާޟް މަންސޫރާއި، ތިމާވެށީގެ ދާއިރާއިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރު މުޙަންމަދު މުސްތަފާ އާއި، ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ޗޭމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނައިބު ރައީސް އިސްމާއީލް އާސިފެވެ.

ލޭންޑް ވެލުއޭޝަން ކޮމިޓީން ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި، ގާނޫނު ނަންބަރު އްޖޭގެ ބިމާބެހޭ ގާނޫނު ގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކާ އަގު ކަނޑައެޅުމާއި، މިއަގުތަކަށް އަހަރުން އަހަރަށް އަންނަ ބަދަލުތައް ގެނައުމާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވާ އެނޫން ބޭނުމަށް ދޫކުރެވިފައިވާ ބިމުގެ އަގު ކަނޑައެޅުމާއި، އެއަގަށް އަހަރުން އަހަރަށް އަންނަ ބަދަލުތައް ކަނޑައެޅުމާއި، ބިން ވިއްކުމުގެ މުއާމަލާތްތަކުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ބިން ވިއްކާ އަގާމެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ސަރުކާރަށް ލަފާއެރުވުމާއި، ރަހުނުކޮށްފައިވާ ގޯތި ވިއްކުމުގައި އާންމުކޮށް ހުޅުވާލާފައިވާ ބީލަމެއްގައި ހުށަހެޅޭ އަގާމެދު ސުވާލު އުފެދިއްޖެނަމަ އެކަމުގައި ސަރުކާރަށް ލަފާއެރުވުން ހިމެނެ އެވެ.