24 Apr 2020, 10:22
މާލޭ ސަރަހައްދުގައި އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ނިންމައި އިސްލާމިކް މިނިސްޓްރީއިން އެކަން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒަޔާތް ދައްކަން ޖެހޭނީ ދިރާގު ޕޭ، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސް.އެމް.އެސް މެދުވެރިކޮށްނާއި ބީއެމްއެލް އާއި އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
އާދައިގެ ހަނޑޫ: 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ
- ބާސްމަތީ ހަނޑޫ: 105 ރުފިޔާ
- ރަތް ހަނޑޫ: 65 ރުފިޔާ
- އާދައިގެ ފުށް: 12 ރުފިޔާ
- އާޓާ ފުށް: 55 ރުފިޔާ
މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީއިން އަދި ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މި ރަމަޟާން މަހުގެ ތެރޭގައި ރަނގަޅުވެ އާއްމު ހާލަތަކަށް އަތުވެއްޖެނަމަ އެހެން އަހަރު ތަކެކޭ އެއްގޮތަށް މިނިސްޓްރީގެ ހޯލުން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.