24 Apr 2020, 04:23
އަނެއްކާވެސް އިތުރު ދެ ދިވެހިން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެއްޖެ އެވެ. އެއާއެކު މާލެއިން ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 96 އަކަށް އަރާފަ އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިރޭ ދެ ދިވެއްސަކު ކޮރޯނާވައިރަސް އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެމީހުންނަކީ މީހަކާ ކޮންޓެކްޓް ވެގެން ޕޮސިޓިވްވި ބައެއްކަމެއް ނުވަތަ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގާ ޓެސްޓް ކުރުމުން ޕޮސިޓިވްވިބައެއް ކަން ސާފެއް ނުވެ އެވެ.
އެޗްޕީއޭއިން ބުނީ އެ ދެ ދިވެހިންވެސް މިޙާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 110 އަކަށް އަރާފަ އެވެ.