ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ]ޕީއެސް[ މަގާމުގައި ހުންނެވި މުހައްމަދު ނަސީރަށް އެ މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ ކަމުގެ މަގާމު ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ. އަދި އެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ނަސީރަށް އެ މަގާމު ދެއްވުމުން ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމު މިވަގުތަށް ވަނީ ހުސްވެފައި ކަމަށެވެ.