ދެހާސް ސޯޅަ ވަނަ އަހަރު ނުކުތް ކާމިޔާބު ތަމަޅަ ފިލްމު "ތޭރީ"ގެ ހިންދީ ރީމޭކެއް ހަދަން ނިންމައިފިއެވެ.

ތޭރީގެ ހިންދީ ރީމޭކެއް ހަދަން ތައްޔާރުވަމުން އަންނައިރު ޚަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ހިންދީ ރީމޭކުން ފެނިގެންދާނީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން އެވެ. އެކްޝަން ފިލްމު ތޭރީ މިހާރު ވަރުން އަށް ހުށައަޅާފައިވާއިރު އަވަސް މުސްތަގްބަލެއްގައި އެ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ފިލްމު ކުޅެން ވަރުން އެއްބަސްވެފައިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ތޭރީގެ ތަމަޅަ ފިލްމުން ފެނިގެންދިޔައީ ސަމަންތާ ރޫތު ޕްރަބޫ އާއި އެމީ ޖެކްސަން އަދި އަޖޭއެވެ.

ވަރުންގެ އަތުގައި މިހާރުވެސް ބޮލީވުޑްގެ ދެ ފިލްމެއް އެބައޮތެވެ. އެއީ މިސްޓަ ލޭލޭ" އާއި "އެއްކީސް"އެވެ. އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ގެ ފިލްމު "ކޫލީ ނަންބަރު 1"އިންނެވެ. ކުޅަދާނަ އެކްޓަރު ވަރުން ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.