ސ. މަރަދޫ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑިއެއްގައި ޖެހި ކާރަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.

ނުރައްކާތެރި މި ހާދިސާގައި ކާރު ދުއްވަން އިން މީހާއަށް ސީރިއަށް ގެއްލުމެއް ނުވެއެވެ. ކާރުގައި އިނީ ވެސް ޑްރައިވަރު އެކަންޏެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު އެ އެކްސިޑެންޓް ހިނގީ މަރަދޫ ލިންކްރޯޑްގެ ބްރިޖްމަތިން ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނެއްޓިގެން ގޮސް ކަމަށެވެ.

މީގެ ހަ މަސް ކުރިން އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހޭނާރައި އޮތް ޒުވާނަކު ވަނީ ރާއްޖޭން ބޭރުގައި ފަރުވާ ދެނިކޮށް މަރުވެފަ އެވެ.