މާދަމާ ފަށާ މިއަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މިރޭ ގައުމާ މުހާތަބް ކުރައްވާނީ 7:00 މީޑިއާތައް މެދުވެރިކޮށް އޯޑިއޯގެ ޒަރިއްޔާއިންނެވެ.

ކޮވިޑް-19 ބަލިމަޑުކަން ހަލުވިކަމާއި އެކު ވެރި ރަށް މާލޭގައި ފެތުރެން ފަށާފައިވާއިރު، މި ސަރަހައްދާއި މުޅި ގައުމު ވެސް އޮތީ ލޮކްޑައުންގަ އެވެ. ބަލި ފެތުރުން ހުއްޓުވޭނެ އެންމެ މުހިންމު އެއް ކަމަކީ ގައިދުރުކަން އިސް ކުރުން ކަމަށް ސިއްހީ މާހިރުު ބުނަމުންދާތީ ސަރުކާރުގެ ސިޔާސަތުތައް ވެސް ހުރީ އެގޮތަށެވެ.

މާލެ ސަރަހައްދު ލޮކްޑައުނަށް ގެނައި ކަން ވެސް ރައީސް އިއުލާން ކުރެއްވީ ވީޑިއޯ މެސެޖަކުންނެވެ. ނިމިގެން ދިޔަ ސިފައިންގެ އަހަރީ ދުވަހުގެ ހިތާބު ރައީސް ދެއްވީ އޯޑިއޯ މެސެޖަކުންނެވެ.

މާދަމާ ފަށަ ރޯދަމަހާއި އަދި ކޮވިިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިިވާ ދަތި އުނދަަގޫތަކަށް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެއްވާނެ ލިއުތަކަކީ ކޮބައިކަން ރައީސްގެ މިރޭގެ ހިތާބްގައި އިނގިގެން ދާނެ ކަމަށް ބެލެވެއެވެ.