23 Apr 2020, 13:59
އެސްޓީއޯ ވެބްސައިޓު މެދުވެރިކޮށް ބޭސް ސިޓީއަށް ބޭސް ގަނެވޭ ގޮތް ހަމަޖައްސައިފި އެވެ.
އެސްޓީއޯއިން ބުނީ އެކުންފުނީގެވެބްސައިޓުގައިމިކަމަށް ހާއްސަ އެޕްލިކޭޝަން ފޯމު ފުރާލުމުން ބޭސް ގަނެވޭނެ ކަމަށެވެ.
ލޮކްޑައުން ކުރުމާ ގުޅިގެން މީގެ ކުރިން އެސްޓީއޯއިން ވަނީ 7922035 ނަންބަރަށް ބޭސްސިޓީއާއި އެހެނިހެން މައުލޫމާތު ވައިބާ ކުރުމުން ބޭސް ޑެލިވަރީ ވެސް ކޮށްދީފަ އެވެ.
"ވައިބާއިން މިހާތަނަށް އޯޑަރު ދެއްވި ފަރާތްތައް މިފޯމް އަލުން ފޮނުވާކަށް ނުޖެހޭނެ. ފުލުހުން ދޭ ހުއްދަ އޮތް ބޭފުޅުންނަން އޯޑާ ރެޑީވުމުން ބަލާ އާދެވޭނެ." އެސްޓީއޯ އިން ބުނެ އެވެ.
މިގޮތަށް ބޭސް ވިއްކާ އުސޫލު ވެސް ފޯމާއެކު އެސްޓީއޯ ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ.
ބޭހުގެ އިތުރުން އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ އެކުންފުނީގެވެބްސައިޓުންގަނެވޭނެ ގޮތް ވެސް އެކުންފުނިން ވަނީ ހަމަޖައްސައިދީފަ އެވެ.
އެހެން ނަމަވެސް ގިނަ އަދަދެއްގެ އޯޑަރުތައް ޕެންޑިންގައި ހުރުމާ އެކު އެ އޯޑަރުތަކުގެ ޑެލިވަރީ ނިމެންދެން ބައެއް ވަގުތުތަކުގައި އޮންލައިންކޮށް އޯޑަރު ނެގުން މެދުކަނޑާލަ އެވެ.