20 Dec 2011, 09:30
ލޮސް އެންޖެލަސް ގެލެކްސީގެ އިނގިރޭސި މިޑްފީލްޑަރު ޑޭވިޑް ބެކަމް ފްރާންސްގެ ޕެރިސް އަށް ދިޔައީ ޕެރިސް ސެންޓް ހިލްޓަން (ޕީއެސްޖީ) އާ އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ކަމަށް ރިޕޯޓްތަކުން ބުނަން ފަށައިފި އެވެ.
މިއަހަރު ނިމޭއިރަށް ގެލެކްސީގެ ކޮންޓްރެކްޓް ހަމަވުމާއި ގާތްވުމުން ޕީއެސްޖީ އަށް ބަދަލުވުމުގެ ވާހަކަތައް ދެކެވެމުންދާ ކަމުގެ ވާހަކަތަކެއް މީޑިޔާގައި ފެތުރިފައިވެ އެވެ. ކުރީގެ މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑްގެ ތަރި ބެކަމް ހޯދުމަށް ޕްރެމިއާ ލީގު ކުލަބު ތަކަކުން ވެސް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ. ޕްރެމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އިންނާއި ކުއީން ޕާކްސް ރޭންޖާސް (ކުއިޕީއާރު) އިން ވެސް މަސައްކަތް ކުރަމުން ދެ އެވެ.
ފްރާންސްގެ ޕެރިސް އަށް ބެކަމް ދިޔައީ ހޮނިހިރު ދުވަހު ކަމަށް އެގައުމުން ނެރެމުންދާ ރިޕޯޓްތަކުން ބުނެ އެވެ. އަދި ފްރާންސް ފުޓްބޯޅަ މީޑިޔާތަކުން ބުނާ ގޮތުގައި ދުވަސްކޮޅެއްގެ ތެރޭގައި ބެކަމް ޕީއެސްޖީ އަށް ސޮއިކުރާނެ ކަމަށެވެ.
ބެކަމް ޕީއެސްޖީ އާއި ބޮޑަށް ގުޅޭނެ ކަމަށް ބެލެވެނީ ގްރޭޓް ބިރިޓެންގެ އޮލިމްޕިކް ސްކޮޑަށް އެރުމަށް ކަމަށެވެ. ޔޫރޯ އަށް ނަގާ އިނގިރޭސިވިލާތުގެ ސްކޮޑުގައި ގެލެކްސީ އާ އެކު އެމެރިކާ ލީގު ކާމިޔާބުކުރި ބެކަމް ހިމެނޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.