22 Apr 2020, 16:37
އިންޑިއާއިން ރާއްޖެ އައުމުން ކަރަންޓީނަށް ގެންގޮސްފައިވާ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްޗެގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ކަރަންޓީނުގައި ހުރި ފަރާތެއް އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ކަމަށާއި ނަމަވެސް އޭނޭ ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
"އެނެމް ފުރަތަމަ އައިޖީއެމްއެޗަށް ގެނަވުނީމަ ޓެސްޓު ވެސް ހެދިން ކޮވިޑް-19 އަށް. ނަމަވެސް އެ ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވް،" މޫސާ މުރާދު ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި އެ މީހާއަށް ފަރުވާ ދެމުންދިޔައީ، އޭނާގެ ހުރި ސިއްހީ މައްސަލްއަށް ކަމަށާއި ނިޔާވުމާއި ހަމައަށް ވެސް ކޮވިޑް-19އަށް ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެނިފައިނުވާކަން މުރާދު ފާހަގަ ކުރެއްވި އެވެ.
އިންޑިއާގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ގައުމީ އެއާލައިން މޯލިޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނައިސްފައިވާއިރު ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި ދޫކޮށްލާނީ ކޮވިިޑް-19 އަށް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.