ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޓެސްޓް ކުރި ބަންގްލަދޭޝްގެ އިތުރު ރައްޔިތަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެ މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މީހާއަކީ މީގެ ކުރިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ކޮން ކޭސްއަކާ ގުޅުންހުރި މީހެއް ކަން އަދި އެނގިފައިނުވާ ކަމަށާއި ކުރީގެ ކޭސްތަކާ ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މި މީހާގެ އިތުރަށް މާލެއިން މިއަދު ވެސް ވަނީ ކޮވިޑް-19އަށް 13 މީހަކު ޕޮޒިޓިވްވެފަ އެވެ. އެއީ އަށް ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުންނެވެ. އަށް ދިވެހިންގެ ތެރޭގައި 80 އަހަރުގެ އުމުރުން ދުވަސްވީ މީހެއް ވެސް ހިމެނެ އެވެ.

މިއާއެކު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 63 އަށް ވަނީ އަރާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، ބަންގްލަދޭޝްގެ 24 މީހުންނާއިި، އިންޑިއާގެ ހަ މީހެކެވެ.