ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރަން އެމެރިކާގެ މެރީލޭންޑް ސްޓޭޓްްއިން 500،00 ޓެސްޓް ކިޓް ހޯދަން ނިންމައިފި އެވެ. އެ ޓެސްޓްކިޓްތައް އެ ސްޓޭޓްއިން ހޯދައިފައިވަނީ ދެކުނު ކޮރެއާއިން އެވެ.

މެރީލޭންޑްގެ ގަވަރުނަރު ލެރީ ހޯގަން ވިދާޅުވީ އެ ޓިސްޓްކިޓްތައް ލިބުނީ ދެކުނު ކޮރެއާއާއެކު އެތަކެއް ހަފްތާތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު އެވެ. ލެރީގެ އަންހެނުން ޔުމީ ހޯގެންއަކީ ދެކުނު ކޮރެއާއަށް ނިސްބަތްވާ ބޭފުޅެއްވެސް މެއެވެ. ޓެސްޓް ކިޓްތައް ހޯދުމުގެ މަޝްވަރާގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ލެތީ ވިދާޅުވީ ދެކުނު ކޮރެއާއިން ގެނައި ޓެސްޓްކިޓްތައް މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއަށް ގެނެސްފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ މެރީލޭންޑް ސްޓޭޓް އަލުން ހުޅުވާލުމާ ބެހޭ ޕްލޭން މިހަފްތާ ތެރޭގައި އިއުލާންކުރައްވާނެ ކަމަށެވެ. އަދި އެ ޕްލޭން ކުރިއަށް ގެންގޮސް އާންމު ސިއްހަތުގެ ރައްކާތެރިކަން ކަނޑައެޅުމުގަިއ ޓެސްޓްތައް މުހިންމު ދައުރެއްއަދާކުރާނެ ކަމަށެވެ.

އެެމެރިކާގައި އެކަށީގެންވާ ޓެސްޓް ކިޓްތައް ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މެރީލޭންޑްއިން ގިނަ އަދަދެއްގެ ޓެސްޓް ކިޓްތައް ނެރެން ނިންމިއިރު އެހާ ގިނަ އަދަދަކަށް އެހެން އެއްވެސް ސްޓޭޓަކުން މީގެ ކުރިން ޓެސްޓްކޮށްފައެއް ނުވެއެވެ.

ގަވަރުނަރު ލެރީ ޓެސްޓްކިޓްތައް ހޯދައިފައިވަނީ ސިއްރުން ކުރި މަޝްވަރާތަކެއްގެ ތެރެއިންނެވެ. ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ބުނާގޮތުގައި އެމެރިކާގެ ފެޑެރަލް ސަރުކާރުން އެކަށީގެންވާ ވަރަށް ޓެސްޓް ކިޓްތަކެއް ނުލިބެއެވެ. ނަމަވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު ބްރެޓް ގިރޮއިރު ވިދާޅުވީ އެކަށީގެންވާ ވަރަށް ޓެސްޓްކިޓްތައް އެބަހުރި ކަމަށެެވެ.

މެރީލޭންޑުން މިހާތަނަށް 71،000 މީހުން ވަނީ ޓެސްޓްކޮށްފައެވެ. އެ ސްޓޭޓްއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 486 މީހުން ވަނީ މަރުވެފައެވެ. -- ގާޑިއަން