އާންމުންގެ މެދުގައި އެންމެ މަގްބޫލް އަދި ގިނަ ބައެއްގެ ފޭވަރިޓް ކާޓުން "ޓޮމް އެންޑް ޖެރީ"ގެ ޑައިރެކްޓަރެއް ކަމަށްވާ ޖީން ޑީޗް މަރުވެއްޖެއެވެ.

އުމުރުން 95 އަހަރުގައި ޖީން މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ މަރުވީ އެއްވެސް ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ މަރުވީ ބަލިވެ އުޅެނިކޮށް ނޫންކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޖީން ވަނީ ގިނަ އަދަދެއްގެ އެނިމޭ ކެރެކްޓާތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި ނަޑްނިކް، ޓޮމް ޓެރިފިކް އަދި މޫންރޯ ހިމެނެއެވެ.

ޖީން މަރުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

"ޖީން އަކީ ލެޖެންޑެއް. އޭނާ ވަނީ އަހަރުމެންގެ ޗައިލްޑްހުޑް އުފާވެރިކޮށްދީފައި. އޭނާ ވާނީ އަހަރެމެންގެ ކުޑައިރުގެ ހަނދާނާ ގުޅިފައިވާ މީހަކަށް. ޖީންއަށް އަހަރެން ސެލިއުޓްކުރަން،" ޓްވިޓާގައި މީހަކު ޓްވީޓްކޮށްފައިވެއެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ޓޮމް އެންޑް ޖެރީ ކާޓޫނަކީ މިއަދުވެސް ކުދި ބޮޑު އެންމެން ބަލަމުން އަންނަ ކާޓޫނެއް ކަމަށާއި އެފަދަ ކާޓޫނެއް ގެނެސްދިން ކަމަށްޓަކައި ޖީން އަށް ޝުކުރުއަދާކުރާކަމަށެވެ.

ޖީން ދުނިޔެއަށް އުފަންވީ 1924 ވަނަ އަހަރު ޗިކާގޯގައެވެ.

ޓޮމް އެންޑް ޖެރީ ކާޓޫނަކީ މިއަދުވެސް ގިނަ ބައެއްގެ ހިތާ ގުޅި ލާމެހިފައިވާ ކާޓޫނެކެވެ.