މިއަދު ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހަކު ހިމެނޭ ކަމަށް އެންއީއޯސީން ބުނެފިއެވެ.

އެންއީއޯސީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދޮށީ އުމުރުގެ މީހެއް ހިމެނޭ ކަމަށެވެ. އަދި އެމީހާގެ އިތުރުން މި ބައްޔަށް ޕޮޒިޓިވްވި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެބައުޅޭ 60 އަހަރުން މަތީގެ ބޭފުޅެއް. މިވަގުތު އަދި އެއްވެސް ބޭފުޅެއްގެ ހާލު ސީރިއަސް ކަމަކަށް މައުލޫމާތު ލިބިފައެއް ނެތް." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފަށަން ކައިރިވެފައިނިކޮށް އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ހަ ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ދިވެހިންނެވެ.

އޭގެ ފަހުން އެ ބައްދަލުވުން ނިމެން ކައިރިވެފައިވަނިކޮށް އިތުރު ހަތް މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.