20 Apr 2020, 14:24
ނ. މިލަދޫގައި ހުންނަ އެސްޓީއޯ ފާމަސީގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މިލަދޫ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލަ މިއަދު ހެނދުނު 9:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ތިޖޫރީގައި ހުންނާނީ 3000 ރުފިޔާ ވަރު ކަމަށް، ތިޖޫރީއާ ހަވާލުވެ ތިއްބަވާ ބޭފުޅުން މައުލޫމާތު ދޭ." ފުލުހުން ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައި ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.