19 Apr 2020, 21:28
މާލޭގެ މަގުމަތީގައި ބިދޭސީއަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން އެ މީހާ ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެމީހާ ވެއްޓިފައި އޮއްވާ ފެނުނީ މިރޭ 8:31 އެހައިކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.
އެމީހާ ވެއްޓިފައި ވަނީ މާފަންނު އޯޑިއޮން ކައިރީ މަގުމައްޗަށް ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
"ވެއްޓިފައި ވަނީ ބިދޭސީ ފިރިހެނެއް. އޭނާ ވަނީ ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައި،" އިޒްމިއާ ވިދާޅުވިއެވެ.