25 Jun 2010, 15:02
19:00
ވިލިމާލޭ މަދުގަހަކުން ވެއްޓި އުމުރުން 13 އަހަރުގެ ކުއްޖަކު ވަރަށް ބޮޑަށް ޒަހަމްވެގެން މާލެ ގެނެސްފި އެވެ.
ވިލިނގިލީ ސިއްހީ މަރުކަޒުން ބުނީ ވިލިމާލޭގައި ހުންނަ ސިނަމާލެ-4 ގައި ދިރިއުޅޭ ރުހުޝާން ރަޝީދު މިއަދު ހަވީރުގެ ވަގުތެއްގައި ވިލިމާލޭ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މިއަދު 6:30 ހާއިރު ސިއްހީ މަރުކަޒުގެ ޑޮކްޓަރެއްގެ ހަވާލުގައި އޭނާ މާލެ އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. އައިޖީއެމްއެޗަށް ގެނައި އިރު އޭނާގެ ގައިން ވަރަށް ބޮޑަށް ލޭ ފައިބަމުންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.