ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު 468 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެެ،

އަދި މިހާތަނަށް ގިނަ އަދަދެއްގެ ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން މިރޭގެ 19:00 އާ ހަމައަށް 468 ކޮންޓެކްޓުން ހޯދިފައިިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމީހުންގެ ތެރެއިން މިހާތަނަށް 242 މީހެއްގެ ސާމްޕަލް ނަގާފައިިވާ ކަމަށާއި، އެމީހުންނާ ގުޅުންހުރި 133 ގެއާއި އެޕާޓްމަންޓެއް މޮނިޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި ގިނަ އަދަދެއްގެ ބަޔަކު ވެސް ފާހަގަކުރެވިފައިވާ ކަަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 89 މީހަކު އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1164 މީހަކު އެބަތިއްބެވެ.