19 Apr 2020, 18:53
މަގުމަތަށް ނުކުމެއްޖެނަމަ ދެން ނަސޭހަތެއް ނުދީ ކުރާނީ ޖޫރިމަނާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިރުއޮއްސުމަށްފަހު އެންއައިއޯސީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅަޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ދެން ނަސޭހަތް ނުދޭނެ ކަމަށާއި ވަގުތުން އެފަދަ މީހުން ޖޫރިމަނާކުރަން ފަށާނެ ކަމަށެވެ
"ހުއްދަ އޮތަސް، ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭ ނަމަ އެކަކު ވެސް މީގައި އިސްތިސްނާއެއް ނުވާނެ،" މަންނާން ވިދާޅުވިއެވެ.
ފުލުހުން މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއަށެވެ.
މަންނާން ވިދާޅުވީ، މީގެ ފަހުން ހުއްދަ ދޭނީ، ޒަރޫޒީ ބޭނުމެއްގައި ކާބޯތަކެތި ގަތުމަށް ވަކި ވަގުތަކަށް ފުލުހުން ދޭ ހާއްސަ ހުއްދައާއި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތަށް ދޭ ހުއްދަ އެކަނި ކަމަށެވެ. އެނޫން ބޭނުންތަކަށް ދެން ހުއްދަ ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
މަންނާން އިތުރަށް ވިދާޅުވީ، ފުލުހުން މިހާރު ދީފައިވާ ފާސްތައް އެހެން ބޭނުންތަކަށް ބޭނުން ކުރަމުުންްދާ ކަމަށާއި އެފަދަ ފަރާތްކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ފާސްތައް އަތުލާނެ ކަމަށް މަންނާން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފަރޫޝް ވިދާޅުވީ، ރެއާ ހަމައަށް 39 ފަރާތެއް ޖޫރިމަނާ ކޮށްފައިވާނެ ކަމަށާއި، އަދި ގަވާއިދާއި ހިލާފުވެގެން މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ ކާބޯތަކެތި ގަތުމަށް ދޭ ހުއްދައިގެ ދަށުން އެމީހަކު އެ ތަކެތި ގަތުމަށް ދާން ޖެހޭނީ ހިންގަވާފައި ކަމަށާއި ދުއްވާއެއްޗެހި ނުދުއްވޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 52 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 31 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. ރިސޯޓުތައް ފިޔާ މާލެއިން ބޭރުން މިއަދު ވަނީ ހއ. އުލިގަމުން އެއް ކޭސް ފެނިފައެވެ.