ޓެންޑާ އިވެލުއޭޝަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލުން އެކުލަވައިލައްވައިފި އެވެ. އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، ހެންވޭރު ޝަފީގުގޭ މުހައްމަދު ޝަފީގެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަހުމަދު މައުސޫމާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓަރުގެ ލީގަލް އެޑްވައިޒަރު މަރިޔަމް މަނާލް ޝިހާބާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރު ހުސައިން އިމްރާން އަބްދުލްމުހައިމިނާއި އެމިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާމިނަތު އަލިމަނިކާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ފާތިމަތު ޝާނާ ފާރޫގާއި ޕްރައިވެޓް ސެކްޓަރުން ހެންވޭރު ފޭވާ މުހައްމަދު ސައީދެވެ.