19 Apr 2020, 17:03
ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޒައުފިޝާން އަބްދުﷲ ކަމާލުއްދީން ހަމަޖައްސައިފިއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޒައުފިޝާން އައްޔަންކުރެއްވީ މިއަދު ހެނދުނު މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ޒައުފިޝާން ވަނީ 2002 ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރާ ހަމައަށް ސިއްހީ ދާއިރާގެ އެކި މަޤާމުތައް އަދާކުރައްވައިފައެވެ. އެ ގޮތުން އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރކަމުގެ މަގާމުގައެވެ. އަދި އެ މުއްދަތުގައި، 2016 ން ފެށިގެން ޒިންމާދަރު އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވާފައި ވެއެވެ.
ޒައުފިޝާން ވަނީ 2000 ވަނަ އަހަރު ޑިޕްލޮމާ އިން ނާސިން، އަހަރު ބެޗްލާ އޮފް ނާސިން އަދި 2006 ވަނަ އަހަރު މާސްޓާ އޮފް ހެލްތު ސަވިސަސް މެނޭޖްމަންޓް ހާސިލުކުރައްވައިފައިވެއެވެ.