19 Apr 2020, 15:56
މާލެއިން މިއަދު ފެނުނު ކޮރޯނާވައިރަސް ކޭސްތަކާއެކު، އެ ކޭސްތަކާ ގުޅުން އޮތް ހަތް ރަށެއް ލޮކްޑައުންއަށް ގެނެެސް މާލޭގެ އިތުރު ތަންތަން މޮނީޓަރިން ހާލަތައް ގެނެސްފި އެވެ.
މާލެއިން މިއަދު އެކަނި ވަނީ 16 ކޭސްއެއް ފެނިފަ އެވެ. އެއީ، 14 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ދެ މީހެކެވެ.
މިއަދު އެންއައިއޯސީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީރު ވިދާޅުވީ، ބައެއް ރަށްތަކާ އެކު 18 ތަނެއް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މަބްރޫކު ވަނީ އެ ތަންތަނުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ.
ލޮކްޑައުން ކުރި ރަށްތައް:
ހއ. ތުރާކުނު
- ވައިކަރަދޫ
- އިހަވަންދޫ
- އުލިގަމް
- ތަކަންދޫ
- ހިރިމަރަދޫ
- ހޯރަފުށި
ގެތައް:
ގާކޮށި ފްލެޓް 6/03
- ގ. ކޯޝާކް
- އަމީން ސްޓާފް ބްލޮކް
- ޝީޝާ ޝޯރޫމް ކައިރީ ހުންނަ ސެލޫނެއް.
- މއ. ކްލައިމެޓް - ތިންވަނަ ބުރި، އެޕާޓްމަންޓް 1
- ގ. އާނޫރާނީ 4 ވަނަ ބުރި، އެޕާޓްމެންޓް 4ބީ
- ޔޯޓޭސްޓް ފިހާރަ
- ލަގްޒަރީ ފިހާރަ
- ނޯތު ހާބަރު ކުރިމަތީގައި ހުރި ހުރިހާ ފިހާރައެއް
- ނޫފަރު އެކްސްޕްރެސް ( ލަގްޒަރީ ކުރީމަތީގައި ފިހާރައެއް)
ތަފްސީލު އަންނަނީ...