ދެކުނު ކޮރެއާއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް ދަަށަށް ގޮސްފި އެވެ.

ދެކުނު ކޮރެއާއަކީ މީގެ ކުރިން ކޮރޯނާ އެންމެ ބާރަށް ފެތުރެމުން ދިޔަ އެއް ގައުމެވެ. ނަމަވެސް އިއްޔެ އެގައުމުން ކޮރޯނާ ޖެހިފައި ވަނީ އެންމެ އަށް މީހުންނަށެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެންމެ މަދުން ކޮރޯނާ ފެނުނު ދުވަހެވެ.

އަލަށް ފެނުނު ކޭސްތަކުގެ ތެރެއިން ފަސް ކޭސްއަކީ އެގައުމަށް އެތެރެވި މީހުންގެ ގައިން ފެނުނު ކޭސްތައް ކަމަށް ވެސް އެގައުމުން ބުނެ އެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު މޫން ޖައެ އިން ވިދާޅުވީ ކޮރޯނާއާ ދެކޮޅަށް އެގައުމުން ކުރި ހަނގުރާމަ ކާމިޔާބުވަމުން ދިއުމުން އެހެން ގައުމުތަކަށް ވެސް އުއްމީދު އެބައޮތް ކަމަށެވެ.

ދެކުނު ކޮރެއާއިން އެންމެ ފުރަތަމަ ކޭސްތައް ފެންނަން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ފެބްރުއަރީ މަހު މެދުތެރެއަށް ފަހު އޮބި ނޯންނަވަރަކަށް ކޭސްތައް ދިޔައީ އިތުރުވަމުންނެވެ.

ކޮރޯނާ މިހާތަނަށް އެގައުމުގެ 10،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 234 މީހުން ވަނީ މަރުވެފަ އެވެ.

ބަލިޖެހޭ މީހުންގެ އަދަދު މަދުވާން ފަށައިފައިވާތީ އެގައުމުން މިހާރު ދަނީ މަޑުމަޑުން ކޮންމެވެސް ވަރަކަށް ލުއިތަކެއް ވެސް ދެމުންނެވެ. އެގޮތުން އޯޑިއަންސަކާ ނުލައި ކުޅިވަރިތައް ސްޓޭޑިއަމްތަކުގައި ކުޅެއް ހުއްދަ މިހާރު ވަނީ ދޭން ނިންމައިފަ އެވެ.

އަލްޖަޒީރާ