ކޮރޯނާ އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ދަތުރުކުރި ބޯޓެއް އުތުރުގެ ބައެއް ރަށްރަށަށް ޖައްސާފައިވާތީ، އެ ރަށްތައް ކަރަންޓީނުގެ ހާލަތަށް ގެންގޮސްފި އެވެ.

އެގޮތުން ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ވައިކަރަދޫ މިވަގުތު މޮނީޓަރިންގެ ހާލަތަށް ވަނީ ގެންގޮސްފައެވެ.

މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު ހއ. އުލިގަމުގައި ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރުމުން އެ ރަށްވެސް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ.

އެނގިފައިވާގޮތުގައި މިމަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރުމުގެ ކުރިން އުތުރުގެ ރަށްތަކަށް ދަތުރުކުރާ ބޯޓަކުން ދަތުރުކުރި މީހެއްގެ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ވަނީ ފެނިފަ އެވެ.

ތަފްސީލް އަންނަނީ