18 Dec 2011, 22:51
ރައްޔިތުންގެ މަޖިލީހުގެ 18 މެންބަރަކު ސޮއިކުރައްވައި އިކޮނަމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ލިއުމުގައި މަހަމޫދު ރާޒީގެ މަގާމު އޮތީ ނުބައިކޮށް ކަމަށް ބުނެ އެކަން ރަނގަޅުކުރުމަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ އަށް ރައީސުލްޖުމްހޫރިއްޔާ މަގާމު ދެއްވައި އަދި ރައްޔިތުންގެ މަޖިލީހުން އޭނާ އަށް ރުހުން ދީފައި ވަނީ "މިނިސްޓަރު އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް" ކަމަށާއި ނަމަވެސް ރާޒީގެ އިތުބާރު ނެތް ކަމަށް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ލިޔުމުގައި ވަނީ "މިނިސްޓަރު އޮފް ޓްރޭޑް އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރާޒީގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅަން ބޭނުން ނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށެވެ.