19 Apr 2020, 09:40
ކޮރޯނާ ވައިރަސް ހަތިޔާރަކަށް ހަދައި، ދުވާލެއްގެ މައްޗަށް 18 މިލިއަންގެ ފޭކް އީމެއިލް މީހުންނަށް ލިބޭ ކަމަށް ގޫގަލް އިން ބުނެފި އެވެ.
މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އެކި ގައުމުތަކުގެ ސައިންސްވެރިން ރެއާއި ދުވާލު ހޭދަ ކުރަނީ ވެކްސިނެއް ނުވަތަ ބޭހެއް ހޯދުމުގެ މަސައްކަތުގަ އެވެ. ގައުމީ ހިދުމަތްތެރިން ކެނޑިނޭޅި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އަވަދި ނެތި އުޅެމުންދާ އިރު ބާކީ ތިބި އެހީތެރިން މަސައްކަތް ކުރަނީ ރައްޔިތުން ގެއައް ބޭނުންވާތަކެތި ގެންގޮސްދިނުމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ވެސް އެއްބަޔަކު އުޅެނީ ދިމާވެފައިވާ ކާރިސާއިން ނާޖާއިޒް ފައިދާ ނެގޭތޯ އެވެ.
ގޫގަލް ކުންފުނިން ބުނާ ގޮތުގައި ކޮރޯނާ ވައިރަސް ފަންޑުގެ ނަމުގައާއި މީހުންގެ އާންމު މައުލޫމާތު ދިނުމަށް ފޮނުވާ 100 އެތައް މިލިއަނަށް ފޭކް އީމެއިލް ދުވާލެއްގެ މައްޗަށް ބްލޮކް ކުރެވެ އެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި، ފޮނުވި އީމެއިލްތަކަށް ބަލާއިރު ފަސްބައިކުޅަ އެއްބައިގެ ފޭކް އީމެއިލްތައް ގުޅިފަވަނީ ކޮރޯނާ ވައިރަހާއެވެ. އެހެންކަމުން ކޮރޯނާވައިރަހަކީ ފޭކް އީމެއިލް ކުރުމުގައި އެންމެ ގިނައިން ބޭނުން ކުރެވޭ މައުޝޫއު ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
ދުނިޔޭގެ އާބާދީގެ 1.5 ބިލިއަން މީހުން ގޫގަލްގެ ޖީމެއިލް ބޭނުންކުރެއެވެ. ކޮވިޑް-19 އާއި ގުޅުންހުރި ސޮފްޓްވެއަރތައް ޑައުންލޯޑްކުރުމަށް ނުވަތަ ކޮވިޑް ފަންޑަށް ފައިސާ ފޮނުވުމަށް މީހުންނަށް ބާރުއެޅުމުގެ ގޮތުން ޑަބްލިއު.އެޗް.އޯ ފަދަ ބޮޑެތި ފަރާތްތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފޭކް އީމެއިލް މީހުންނަށް ފޮނުވައެވެ.
އާންމު ޖަމިއްޔާތަކުގެ ނަމުގައި ސަރުކާރުގެ ސަރުކާރުގެ ސަޕޯރޓް ޕެކޭޖްތަކަށްވެސް އީމެއިލް ފޮނުވާކަމަށް ވެއެވެ. ގޫގަލް އިން ބުނާ ގޮތުގައި އެކުންފުނީގެ މެޝިންތަކަށް 99.9 ޕަސަންޓް ފޭކް އީމެއިލް ބްލޮކް ކުރެވެޔެވެ.
މީގެ އިތުރުން ވެސް ކޮރޯނާވައިރަހާއި ގުޅިގެން ފޮނުވާ ފޭކް އީމެއިލްތައް ގިނަ އަދަދެއްގެ "ސައިބަރ ސެކުރިޓީ" ކުންފުނިތަކަށް ރެކޯރޑް ކުރެވެއެވެ. އެގޮތުން ބަރަކިއުޑާ ނެޓަވޯރކްސް ބުނާ ގޮތުގައި މި ޕެންޑެމިކް ތެރޭގައި 667 އިންސައްތައިން ފޭކް އީމެއިލްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ޔޫކޭ ސަރުކާރާއި ޑަބްލިއު،އެޗް.އޯ، ސީޑީސީ އަދި ޑޮނާލްޑް ޓްރަމްޕްގެ ނަމުގައިވެސް ފޭކް އީމެއިލްތައް ފޮނުވާފައިވެއެވެ.