20 Apr 2020, 08:00
ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ކަރީމް މޯރާނީ ކޮވިޑް19އިން ރަނގަޅުވެއްޖެ އެވެ.
ޕްރޮޑިއުސަރު ކަރީމް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އޭނާގެ ދެ އަންހެން ދަރިފުޅު ޒޮއާ އާއި ޝަޒާ ކޮވިޑަށް ޕޮޒިޓިވްވިތާ ދެދުވަސް ފަހުންނެވެ. މިމަހުގެ އަށްވަނަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މިހާރު އޭނާ ވަނީ ޓެސްޓްކުރި ދެ ޓެސްޓުން ވެސް ނެގަޓިވްވެ ގެއަށް ދޫކޮށްލައިފަ އެވެ. ކަރީމް ބުނީ އޭނާ އެ ބަލިން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށް ދެއްވި ހުރިހާ ޑަކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުރިއަށް އޮތް 14 ދުވަހު އޭނާ ހުންނާނީ ގޭގައި ކަރަންޓީންވެގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ކަރީމް ޕްރޮޑިއުސްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޗެންނާއި އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" އަދި "ރާޖާ ހިންދުސްތާނީ" ހިމެނެ އެވެ.