ކުޅަދާނަ ލަވަކިޔުންތެރިޔާ ކަމީލާ ކަބޭލޯގެ ފުރަތަމަ ފިލްމު "ސިންދްރެއްލާ" ރިލީޒްކުރާ ތާރީޚް ހާމަކޮށްފި އެވެ.

ސިންދްރެއްލާގެ ލައިވް އެކްޝަން ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. ކޭ ކެނަން ޑައިރެކްޓްކުރާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޖޭމްސް ކޯޑެން އާއި ޝެނޮން އެވެ.

ސިންދްރެއްލާ ކާޓޫން އިން ފެނިގެންދާ ވާހަކަތައް ލައިވް އެކްޝަން ފިލްމުން ފެނިގެންދާ އިރު މި ފިލްމުގައި ޕްރިންސްގެ ރޯލު ކުޅޭނީ ޒުވާން އެކްޓަރު ނިކޮލަސް ގަލިންޒީ އެވެ. އެ ފިލްމުގައި ގޯޑް މަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާ އެވެ.

އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންދްރެއްލާގެ ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާއެވެ.