19:00


ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ ފިރިހެން ކުއްޖާ ކަނޑު ބޯޓަކުން އައްޑު އަށް ދިޔަތަނުން ފެނިއްޖެ އެވެ.


ގ. ވެލަގަލަ، އަހްމަދު ލައިޒަން މި ފެނުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިޝާނަމާދަށް ދިޔަ ފަހުން ގެއްލިގެން އޭނާ ހޯދުމަށް ޙާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައި ވަނިކޮށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަހްމަދު ލައިޒަން ހޯދުމުގެ މަސައްކަތް އާއިލާ އިން ނާއި ފުލުހުން ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށާއި އޭނާ ފެނުނީ އައްޑު އަތޮޅު ފޭދޫ އަށް ދިޔަ ބޯޓަކުން ފައިބައިގެން ފޭދޫގައި ހުންނަ އޭނަގެ ތިމާގެ މީހެއްގެ ގެއަށް ދިޔަ ތަނުން ކަމަށެވެ.


މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ލައިޒަންގެ ބައްޕަ އަހުމަދު ލަތީފު ބުނީ އޭނާގެ ދަރިފުޅު ފޭދޫގައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގައި ހުއްޓާ ކަމަށެވެ. އަދި ލައިޒަންގެ މާމަ އަކީ ފޭދޫ މީހެއް ކަމަށާއި ނަމަވެސް އޭނާ އައްޑު އަށް ދިޔަ ސަބަބެއް އަދި އެނގިފައިނުވާ ކަމަށްވެސް ލަތީފު ބުންޏެވެ.