18 Apr 2020, 15:54
މާލެއިން އިތުރު ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި ޕޮޒިޓިވްވި ދެ މީހުންނަކީ ޕޭޝަންޓް 27 އަދި ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓުވި ދެ މީހުންނެވެ.
އެގޮތުން 13 ވަނައަށް ޕޮޒިޓިވްވި މީހާ ނުވަތަ ޕޭޝަންޓް 33 އަކީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް 28ގެ ޑައިިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 14 ވަނައަށް މާލެއިން ޕޮޒިޓިވްވި މީހާ ނުވަތަ ޕޭޝަންޓް 34 އަކީ ޕޮޒިޓިވްވި ޕޭޝަންޓް 27ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ވައިރަސްއަށް ޕޮޒިޓިވްވި 14 ވަނަ ކޭސް އާއެކު މިއަދު އެކަނިވެސް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އޭގެ ތެރެއިން ހަތަރު މީހަކީ ދިވެހީންނެވެ. އެ ހަތަރު ދިވެހީންގެ ތެރެއިން ދެ ކޭސް އަކީ ޕޭޝަންޓް 27ގެ ޑައިރެކްޓް ކޮންޓެކްޓް އެކެވެ. އަދި ބާކީ ދެ ދިވެހީންގެ ކޭސް އަކީ ޕޭޝަންޓް 28ގެ ޑައިރެކްޓް ކޮންޓެކްޓެވެ.
މިއަދު ވަނީ އެ ވައިރަސްއަށް ބަންގްލަދޭޝް މީހަކުވެސް ޕޮޒިޓިވް ވެފައެވެ. އޭނާއަކީ މިއަދު ވައިރަސްއަށް ޕޮޒިޓިވްވި ކޭސް ނުވަތަ ޕޭޝަންޓް 31ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
މާލެއިން ފެނުނު ކޮވިޑް-19ގެ ކޭސްތަކާއެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 34 މީހަކު ޕޮޒިޓިވް ވެފައެވެ. އެގޮތުން ވައިރަސް ޖެހުނު 34 މީހުންގެ ތެރޭގައި 15 ބިދޭސީން ހިމެނެއެވެ. މިހާތަނަށް އެ ބަލި ޖެހި 16 މީހަކު ވަނީ ރަނގަޅުވެސް ވެފައެވެ.