18 Dec 2011, 16:44
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން 15 ކޮމިޓީއެއް އިފްތިތާޙުކޮށް އެ ކޮމިޓީތަކަށް މުގައްރިރުންނާއި ނާއިބު މުގައްރިރުން ހަމަޖައްސައިފި އެވެ.
އެމްޑީޕީން މިއަދު ބުނެފައި ވަނީ އެ ޕާޓީގެ ދާއިމީ ކޮމިޓީގެ ތެރެއިން މުގައްރިރުންނާއި ނައިބް މުގައްރިރުން ހަމަޖެއްސި ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީއާއި މެމްބަޝިޕާއި ކެމްޕެއިން ކޮމިޓީ އާއި އިންތިޒާމްކުރުމާ ބެހޭ ކޮމިޓީ އާއި މީޑިއާ ކޮމިޓީ އާއި ޞިއްޙަތާ ވެލްފެއާ އާ ބެހޭ ކޮމިޓީއާއި ޙައްޤު ކޮމިޓީ އާއި މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއާއި މާލިއްޔަތާއި ޗަންދާ ކޮމިޓީ އާއި ގެދޮރާއި ބެހޭ ކޮމިޓީ އާއި ތަޢުލީމާއި ބެހޭ ކޮމިޓީއާއި ދަތުރު ފަތުރާއި ބެހޭ ކޮމިޓީ އާއި ސަލާމަތާއި ބެހޭ ކޮމިޓީ އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ކޮމިޓީ އާއި، ބައިނަލް އަގްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ އިތުރުން އިންތިޚާބާ ބެހޭ ކޮމިޓީ އެވެ.
ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް މަހުމޫދު ރާޒީ އާއި މެމްބަޝިޕާއި ކެމްޕެއިން ކޮމިޓީމުގައްރިރަކަށް މުޙައްމަދު އިމްތިޔާޒާއި އިންތިޒާމްކުރުމާއި ބެހޭ ކޮމިޓީމުގައްރިރަކަށް މުޙައްމަދު ޒިޔާދާއި މީޑިއާ ކޮމިޓީމުގައްރިރަކަށް ފާޠިމަތު ޝަހީދާއާއި ޞިއްޙަތާ ވެލްފެއާއާ ބެހޭ ކޮމިޓީމުގައްރިރަކަށް ޢަބުދުލްބާރީ ޢަބުދުﷲ އާއި ޙައްޤު ކޮމިޓީމުގައްރިރަކަށް ޢަބްދުﷲ ޝާއިރާއި މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީމުގައްރިރަކަށް ޙަސަން ލަތީފާއި މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މުގައްރިރަކަށް އަހުމަދު މަޢުޞޫމާއި ގެދޮރާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އާއި، ތަޢުލީމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ޑރ. މުސްޠަފާ ލުޠުފީ އާއި ދަތުރު ފަތުރާއި ބެހޭ ކޮމިޓީމުގައްރިރަކަށް ފަރުހަތު ޢަލީ އާއި ސަލާމަތާ ބެހޭ ކޮމިޓީމުގައްރިރަކަށް އަހުމަދު ހުސައިނާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ކޮމިޓީމުގައްރިރަކަށް މުޙައްމަދު މާހިރާއި، ބައިނަލް އަގްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީމުގައްރިރަކަށް ޑރ. އަޙުމަދު ޝަޙީދުގެ އިތުރުން އިންތިޚާބާ ބެހޭ ކޮމިޓީ މުގައްރިރަކަށް އިބްރާހިމް ވަހީދެވެ.
މިހާތަނަށް މުގައްރިރުން ހަމަނުޖައްސާވާ ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ކަންކަމާ ބެހޭ ކޮމިޓީ އާއި އިގްތިސާދީ ކަންކަމާއި ގުޅޭ ކޮމިޓީ އެވެ. އެދެކޮމިޓީ އަށް މުގައްރަރުން ހަމަނުޖެހޭ ވަކި ސަބަބެއް އެމްޑީޕީއަކުން ހާމައެއް ނުކުރެ އެވެ.