17 Apr 2020, 19:09
މާފަންނުގައި ހުރި ގެއެއްގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެވެއްޖެ އެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ތެރެއިން އުމުރުން 92 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:40 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ނިޔާވީ އޭނާގެ ކުދިންގެ ހާޒިރުގައި ހަމަ އާދައިގެ މަރެއްގެ ގޮތުގައި ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ ނޫން ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން ޝައްކު ކުރެވޭ އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި އެއީ ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.