18 Dec 2011, 14:57
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރު ހެންވޭރު އައްޑޫގޭ އަހުމަދު ތަލާލްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އަހުމަދު ޠަލާލްގެ ނަންފުޅު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ފޮނުއްވި ސިޓީފުޅުގައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މިކަން ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާ ގާނުނު އަސާސީގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން އައިފަހުން މިހާތަނަށް އަދި އެކޮމިޝަންގެ ނައިބް ރައީސަކު ކަނޑައަޅާފައެެއް ނުވެ އެވެ.