18 Dec 2011, 13:59
ފްރާންސްގެ ޕެރިސް ސެންޓް ޖާމެން އަށް ކުޅެމުންދާ ހާވިއާ ޕަސްތޯރޭ ބޮޑު ކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ޕީއެސްޖީ އަށް ޕަސްތޯރޭ ބަދަލުވީ މިސީޒަން ފެށުމުގެ ކުރިން އޮތް ޓްރާންސްފާގަ އެވެ. އިޓަލީގެ ޕަލާމޯ އަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު ޕީއެސްޖީ އަށް ބަދަލުވީ 42 މިލިޔަން ޕައުންޑަށެވެ. ޕީއެސްޖީގެ އިތުރުން އިނގިރޭސި ވިލާތުގެ ޗެލްސީ ވެސް ޕަސްތޯރޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.
"އަހަރެން ޓްރެއިން މިކުރަނީ ބޮޑު ކުލަބަކަށް ބަދަލުވުމުގެ ފޮނި އުންމީދުގައި. އަހަރެންނަށް ކުލަބުގެ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު. އަދި ކޯޗު ކަމްބޫރޭ ވެސް ވަރަށް ރަނގަޅު." ޕަސްތޯރޭ ބުންޏެވެ.
މިސީޒަނުގެ ފްރާންސް ލީގުގައި އެދެވޭ ކާމިޔާބީ އެއް ދެއްކިފައި ނުވާ ޕީއެސްޖީ ވަނީ ޔޫއެފާ ޔޫރޮޕާ ލީގުން ވެސް ކަޓާފަ އެވެ. ފްރާންސް ލީގުގައި މިރޭ ޕީއެސްޖީ ނުކުންނަން ޖެހޭނީ ޗެމްޕިއަން ލިލޭ އާއި ދެކޮޅަށެވެ.