17 Apr 2020, 09:02
އިންޑިއާގެ މަގްބޫލު ޓީވީ އެކްޓަރުން ކަމަށްވާ ސްމްރިތީ ކަންނާ 29، އާއި ގޯތަމް ގުޕްތާ 32، އަށް ދަރިއަކު ލިބިއްޖެ އެވެ.
ދަރިފުޅު ދުނިޔެއަށް އުފަންވީ ބުދަ ދުވަހު އެވެ. އަންހެން ދަރިއެއް ސްމްރިތީއަށް ލިބުނު އިރު އެ ދަރިފުޅަކީ އެދެތަރިންގެ ވެސް ފުރަތަމަ ދަރިފުޅެވެ. ގޯތަމް އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ބުނީ "އަވާ ޕްރިންސަސް ހޭޒް އެރައިވްޑް" ކަމަށެވެ. ދަރިފުޅަށް އަދި ނަމެއް ކިޔާފައިނުވާ އިރު ގޯތަމް ބުނީ ދަރިފުޅަށް ކިޔާނެ ނަމަކާ މެދު މިހާރު މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.
ސްމްރިތީ ވިހެއުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ދެހާސް ސާދަ ވަނަ އަހަރު ގެނެސްދިން ސިލްސިލާ "މެރޭ އާޝިގީ ތުމްސޭ ހީ"ގެ ސެޓުން ލޯބި އުފެދުނު ދެތަރިން ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރުގަ އެވެ.