16 Apr 2020, 16:35
އެމެރިކާގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރި ހޮސްޕިޓަލްތަކަށް ނުކަތާވަރު ވެފައިވަނިކޮށް އެގައުމުގައި ދިރިއުޅޭ ޕާކިސްތާނުގެ ޑޮކްޓަރެއްގެ ކުޅަދާނަކަމާ އީޖާދީކަމުން އޭނާ އެންމެންގެ ހީރޯއަކަަށް ވެއްޖެއެވެ.
އެމެރިކާގެ ސެނެޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ޑރ. ސައުދު އަންވަރު އެންމެ ބޮޑަށް ފާހަނގަވީ އެއްފަހަރާ ހަތް މީހުންނަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރި ވެންޓިލޭޓަރާ ގުޅިގެންނެވެ.
ކޮވިޑް ޖެހޭ ގިނަ މީހުންނަށް ވެންޓިލޭޓަރު ނުލިބުނަސް ބަލި ޖެހޭ މީހުން ބައެއް މަދު މީހުންގެ ފުރާނަ ސަލާމަތް ކުރުމުގަިއ ވެންޓިލޭޓަރު މުހިންމު ދައުރެއް އަދާކުރެއެވެ. އެމެރިކާގައި ކޮވިޑް ޖެހިފައވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ވެންޓިލޭޓަރުތައް އެކަށީގެންވާ ވަރަށް ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އަންވަރު ވަނީ އެ ވެންޓިލޭޓަރު މަސައްކަތްކުރާގޮތާ އޭގެ ޑިޒައިންވެސް އޭނާގެ ފޭސްބުކްގަިއ ހިއްސާކޮށްފައެވެ. އެ މަުއުލޫމާތުތައް ވަނީ 100 ގައުމެއްގެ މީހުން ޑައުންލޯޑްވެސްކޮށްފައެވެ. އޭގެ ތެރޭގައި ޒިމްބާބްވޭ ފަދަ ގައުމުތައްވެސް ހިމެނެއެވެ. އޭގެ ސަބަބުން ކޮންމެ ބަޔަކަށްވެސް ތްޑީކޮށް ވެންޓިލޭޓަރު ޕްރިންޓްކުރެވޭނެއެވެ.
ސެނެޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އޭނާ ދަނީ ޕޮލިސީ ލެވަލްގައިވެސް މަސައްކަތް ކުރައްވަމުންނެވެ.

ޕާކިސްތާނުގެ ޑރ. އަންވަރަށް ޝުކުރު އަދާކޮށް މީހަކު ކާރުގައި ހަރުކޮށްފައިވާ ލިޔުމެއް--
ޑރ. އަންވަރުގެ ހިދުމަތް އޭނާ ދިރިއުޅުއްވާ ސަރަހައްދުގެ މީހުން ވަނީ ވަރަށް ބޮޑަށް ބަަލައިގެންފައެެވެ.ީ ޑރ. އަންވަރަށް ޝުކުރު އަދާކޮށް ލިޔެފައިވާ މެސެޖުތައް ހިމެނޭ ކާރުތައް އޭނާގެ ގޭގެދޮށުގައި މީހުން ދަނީ ދުއްވަމުންނެވެ.