ލޮކްޑައުން ހާލަތުގައި ކޮންމެހެން ބޭނުންވާ ބޭސްތައް ގެއާ ހަމައަށް ގެންގޮސްދޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެ ކަމަށެވެ. ފޮޓޯ ފޮނުވަން ޖެހޭނީ 7922035 ނަންބަރަށެވެ.

ފޮޓޯއާއެކު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ އެވެ.

ލޮކްޑައުންގެ ހާލަތުގައި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އާސަންދަ ގުޅިގެން އޮންލައިން ފްލޫ ކްލިނިކްތަކެއް ވެސް ވަނީ ހުޅުވާފަ އެވެ.