މިއަދު ހެނދުނު ކާނިވާ ސަރަހައްދުން ދިޔަ މީހަކާ ދިމާކޮށްލައި އެމީހާގެ އަތުން ދެ ލައްކައެއްހާ ރުފިޔާ ބަޔަކު ފޭރިގަނެފި އެވެ.

ފުލުހުންގެ ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ މީހަކަށް ބިރުދައްކައި އޭނާ އަތުން ދެ ލައްކައެއްހާ ރުފިޔާ ހުރި ފައިސާ ދަބަހެއް ފޭރިގެންފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ފައިސާތައް ފޭރިގަނެފައި ވަނީ އެމީހާ ބޭންކަށް ފައިސާ ޖަމާކުރަން ބައިސްކަލުގައި ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.