15 Apr 2020, 14:57
ލޮކްޑައުންއާ ގުޅިގެން 3:30 ގެ ކުރިން މިހާރު ބޭރުގައި ތިބި މީހުން ގެއަށް ވަންނަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
މާލެއިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ 24 ގަޑިއިރަށް ލޮކްޑައުން ހާލަތަށް ގެނެސްފަ އެވެ.
އެޗްޕީއޭއިން އެގޮތަށް އެންގުމާ ގުޅިގެން ފުލުހުން ވަނީ މިހާރު ގެއިން ބޭރުގައި ތިބި މީހުން ލަސްވެގެން 3:30ގެ ކުރިން ގެއަށް ވަނުމަށް އިލްތިމާސްކޮށްފަ އެވެ.
މިއީ މި ބަލި މުޅި މުޖުތަމައަށް ފެތުރިދާނެ ފަދަ ހާލަތެއް ކަމަށާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮވިޑް-19އަށް މިއަދު ހެނދުނު ޕޮޒިޓިވް ވި ދިވެހި މީހާ މިހާރު އައިސޮލޭޓް ކޮށްފައިވާއިރު، މިއީ މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެއާއެކު އެޗްޕީއޭއިން މިހާރު ދަނީ ކޮންޓެކްޓް ޓްރެސިންގެ މަސައްކަތް ކުރަމުންނެވެ.