އެސްޓީއޯ ސުޕަމާޓް ތެރޭގައި މިއަދު ބިދޭސީ ޑޮކްޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓް ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ހަމަލާދިން މައްސަލައެއް މިއަދު 13:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހަމަލާދީފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ ފިރިހެން ޑޮކްޓަރަކަށެވެ. އެ މާރާމާރީގައި ޑޮކްޓަރުގެ ވައަތު ލޯ ކައިރި މަށައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.