Last Updated:
6 year 7 month ago

ޕޭޝަންޓް 21 އާ ކޮންޓެކްޓިވް 14 މީހެއްގެ ގައިން އަލާމަތް ފެނި އެކަހެރިކޮށްފި

    ބުލޮގު ޚުލާސާ

    ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފަހަރަށް މިއަދު މާލެއިން ފެނުމާ އެކު މުޅި މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައި. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މާލެއިން ފެނުނު މީހާއަކީ، މި މަހުގެ 14 ވަނަ ދުވަހު ސެނަހިޔާ ހުސްބިމުގައި ހުންނަ ފްލޫ ކުލިނިކަށް ދެއްކި ދިވެހި އަންހެނެއް. އޭނާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައި. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަނީ ފެށިފައި.

    08:23

    މާލެ އިން ކޮޥިޑް19 އަށް ތިން ވަނަ މީހަކު ޕޮޒިޓިވްވެއްޖެ

    މާލެއިން ތިން ވަނަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެ ތިން ވަނަ މީހާއަކީ ވެސް މާލެއިން ފުރަތަމަ ކޮރޯނާ އަށް ޕޮޒިޓިވްވި "ޕޭޝަންޓް 21" އާ ސީދާ ކޮންޓެކްޓްވި މީހެވެ.

    08:16

    ބަލީގެ އަލާމަތްތައް ފެނި 21 މީހަކު އެކަހެރިކޮށްފި

    ކޮރޯނާ ވައިރަހަށް މާލެ އިން ޕޮޒިޓިވް "ޕޭޝަންޓް21" އާ ކޮންޓެކްޓްވި 14 މީހެއްގެ ގައިން ބަލީގެ އަލާމަތްތައް ފެނި، އެކަހެރިކޮށްފި އެވެ.

    އެޗުޕީއޭ އިން ރޭ ބުނީ އެ މީހުން އެކަހެރިކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ އައިސޮލޭޝަން މަރުކަޒުގައި ކަމަށެވެ.

    00:34

    މިއަދު ދެ ވަނަ އަށް ޕޮޒިޓިވުވީ، މިއަދު ޕޮޒިޓިވް މީހާގެ ދަރިފުޅު

    މާލެ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓްވެއްޖެ އެވެ. މިއަދު ދެ ވަނަ އަށް ޕޮޒިޓިވްވީ މިއަދު ހެނދުނު ޕޮޒިޓިވް މީހާގެ ތުއްތު ދަރިފުޅެވެ.

    21:30

    ޕްްރެސް ނިންމާލައިފި

    21:29

    ސީޕީ ހަމީދު: ލޮކްޑައުން އެންފޯސް ކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގައި 200 އާ ގާތްކުރާ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާނެ

    21:24

    ސީޕީ ހަމީދު: ފުލުހުން ވެސް މިހާރު މަސައްކަތް ކުރަމުން މިދަނީ އޮޕަރޭޝަން އެލާޓް ސްޓޭޓަސް ދޭއްގަ. ސިސްޓަމް އޮންނަ ގޮތުން ނަމަ އެލާޓް އޮރެންޖުގަ. އެ ލެވެލް ވީމަ ވަކި އަދަދަކަށް ފުލުހުންގެ އެވޭލިބިލިޓީ އޮންނާނެ އެ އިރެއްގަ ހިނގާ އޮޕަރޭޝަނަކަށް

    21:22

    ސީޕީ ހަމީދު: ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި ހައުސް ކޯލްތަކަށް އެޓެންޑްވާ ފުލުހުންނާ އެއްވެސް ކަހަލަ ފްރަންޓްލައިން ރޯލެއް އަދާކުރާ ފުލުުހުން ގެއަށް ނުގޮސް އެހެން ތަންތަނުގައި އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުން. އަދި މިހާތަނަށް ހަމަޖެހިފައި ހުރީވެސް

    21:20

    ސީޕީ ހަމީދު: ކޮމިއުނިޓީ ޓްރާންސްމިޝަނަކަށް ފުރުސަތު އޮތް އިރުގައި، ފުލުހުން އާންމުކޮށް ދެމުން އަންނަ ހިދުމަތްތައް، މިސާލަކަށް ހައުސް ކޯލްތަކަށް ރެސްޕޯންޑް ކުރުން، ރައްޔިތުންގެ ސަލާމަތަށްޓަކައި ޕްރޮއެކްޓިވްކޮށް ރަށުތެރި ބެލެހެއްޓުން ފަދަ ކަންކަން ކުރުމުގައި އޮފިސަރުންގެ ސޭފްޓީއަށް ފިޔަވަޅު އެޅުމަށް ވާނީ މައިގަނޑު އުސޫލުތަކެއް ގާއިމުކޮށް އަމަލުކުރަން ފަށާފައި

    21:17

    ޝަމާލް: މި ދަނޑިވަޅުގައި މި އިލްތިމާސް ކުރަނީ ސިފައިންނަށް ވެސް އާއިލާތަކާ މިކްސް ނުވާން. ސިފައިން ހަމަ ސިފައިންގެ މަަރުކަޒުތަކުގައި ތިބުމަށް މި އިލްތިމާސް ކުރަނީ. މިހާރު ހުރިހާ ލެވެލް އެއްގެ ސިފައިންނަށް މި އިރުޝާދު ވަނީ ދެވިފައި

    21:14

    ޝަމާލް: މިއަދު މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން ސިފައިން މިހާރު ވަނީ އެލާޓް ލެވެލް ބްލޫ ވަން އަށް ގެނެވިފަ. ބްލޫ ވަން އަކީ ކާރިސާތަކާ ގުޅިގެން އަޅުގަނޑުމެން ގެންނަ ސްޓޭޓަސް އެއް. ބްލޫ ވަން އަށް ގެނެވުމާ ގުޅިގެން ހުރިހާ ސިފައިން މޮބިލައިޒް ކުރެވޭނެ މި އޮޕަރޭޝަނަށް. މިހާރަކު އާއިލާތަކާ އެކު ސިފައިން ނުތިބޭނެ. ސިފައިން ތިބޭނީ ތިބެންޖެހޭ ހެޑްކުއާޓާޒް ތަކާ ބެރެކްސްތަކުގައި އޮޕަރޭޝަނަށް ތައްޔާރަށް

    21:13

    ޝަމާލް: މިކަމުގައި ދެ މުއައްސަސާ ގުޅިގެން ވެވެން އޮތް ހުރިހާ ގުރުބާނީއެއް ވެގެން ރައްޔިތުން ހިމާޔަތް ކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން

    21:12

    ޝަމާލް: ރައްޔިތުން ނިކަމެތި ވެފައި ތިބި ދަނޑިވަޅެއްގެ ނާޖާއިޒް ފައިދާ ނަގާކަށް އަޅުގަނޑުމެން ދެ މުއައްސަސާއިން، ސަލާމަތީ ހިދުމަތްތަކުން އެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަރުވަން

    21:11

    ޝަމާލް: ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންނާ ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ފުލް ކޮމިޓްމަންޓާ އެކު

    21:07

    ސީޕީ ހަމީދު: ފާއިތުވި 10 ދުވަހު މާފުށި ޖަލު ތެރެއިންް ވެސް މި މޭރުމުން ކުރަމުން އައި ކަންތައްތައް އަޅުގަނޑުމެން ވާނީ ހުއްޓުވާފައި. 35 ސިމް ކާޑެއް އަޅުގަނޑުމެން ވާނީ ކޮމިއުނިކޭޝަން އޮތޯރިޓީއަށް އަންގައިގެން ބްލޮކް ކުރުވާފަ

    21:05

    ސީޕީ ހަމީދު: މިއަދު ހެނދުނު އޮތް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މީޓިންގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކޮވިޑް19 އާ ގުޅިގެން ދައުުލަތުގެ ވަސީލަތްތައް ވަކި ކަމަކަށް ހުއްޓިފައި ހުރި އިރުގައި އޭގެ ނާޖާއިޒް ފައިދާ ނަގައިގެން މިހާލަތުގެ ބޭނުންކޮށްގެން ކުށް ކުރާ ނެޓްވޯކްތަކާ ކުށް ކުރާ ނެޓްވޯކްތައް އެކްސްޕްލޮއިޓް އެބަ ކުރޭ މި ދަނޑިވަޅު

    21:01

    ސީޕީ ހަމީދު: ކޮވިޑް އާ ގުޅިގެން ސަލާމަތީ ބާރުތަކުން ގާނޫނީ ދައުރު އަދާކުރަމުން އަންނަ އިރު އަޅުގަނޑުމެންގެ ގާނޫނީ މެންޑޭޓް އަދާކުރުމުގައި އަޅުގަނޑުމެން ފަހަތަށް ޖައްސާލެވޭނެ ކަމަށް ނުވަތަ އަޅުގަނޑުމެން ބަލިކޮށްލެވޭނެ ކަމަށް ދެކޭ ދެކުން އެއީ، އެގޮތަކަށް ވެގެންދާނެ ކަމެއް ނޫން

    21:00

    ފާއިތުވި ތިން ހަފްތާގައި ކުށްތައް ކުރުން މަދު ކަމަށާއި ނަމަވެސް ގްރޫޕްތަކުން ރާވައިގެން ހިންގާ ބޮޑެތި ވައްކަންތައް ހިނގަމުންދާ ކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ

    20:57

    ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ހާލަތުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި ދެ މުއައްސަސާ ގުޅިގެން ރައްޔިތުން ހިމާޔަތްކޮށް ގައިމީ ސަލާމަތް ނަގަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް

    20:53

    ސީޕީ ހަމީދު: ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގެ ނަޖާއިޒް ފައިދާ ނަގައިގެން ކުށް ކުރަން އެބަ އުޅޭ

    17:06

    ޑރ. ނަޒްލާ: ކާށިދުއަށް ދިޔަ ބޭފުޅުންނަކީ ސެކަންޑްރީ ކޮންޓެކްޓް. އުސޫލެއްގެ ގޮތުން ސެކަންޑްރީ ކޮންޓެކްޓް އައިސޮލޭޓް ނުކުރާނަން. އެހެން ނަމަވެސް ކަންކަން ބަލާފައި އަޅުގަނޑުމެން ސެކަންޑްރީ ކޮންޓެކްޓް އައިސޮލޭޓް ކުރާނެ.

    17:04

    މިނިސްޓަރު އަމީން: ޓެސްޓް ކުރަން ޖެހޭ މުއްދަތު އިތުރު ކުރަން ޖެހޭނެ. މި ބަލި މިދިޔައީ މިހާރު ރާއްޖޭގައި އަނެއް މަރުހަލާއަށް.

    16:58

    ޑރ. އަލީ ލަތީފު: މާލެ ލޮކްޑައުން މި ކުރީ ކޮންޓެކްޓް ޓްރޭސިންކޮށްފައި އިތުރު ފިޔަވަޅު އަޅަން. ނަމަވެސް ބަލި އިތުރަށް ފެތުރޭ ނަމަ، ގިނަ ދުވަހަށް ލޮކްޑައުން ކުރަން ޖެހޭނެ.

    16:54

    މިނިސްޓަރު އަމީން: މިވަގުތު މުހިންމީ ކޮންޓެކްޓް ޓްރޭސިން. މިކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވަން ޖެހޭ.

    16:53

    ޑރ. އަލީ ލަތީފު: ކަރަންޓީނުން ދޫކުރި މީހަކާ ކޮންޓެކްޓްވި މީހާ ދިމާވެފައިވާ ކަމަކަށް ނުބެލެވޭ. ނަމަވެސް، އޭނާ ޕޮޒިޓިވް ވާނީ އެހެން ބަލި ހުރި މީހެއްގެ ފަރާތުން. އެ ނޫން ގޮތަކަށް ނުވާނެ. އެ ގޮތް އަޅުގަނޑުމެން މި ބަލަނީ.

    16:47

    ޑރ. ނަޒްލާ: ގދ. ވާދޫ، އައްޑޫގައި މޮނީޓަރިންގެ މަސައްކަތްތަކެއް ކުރިއަށް އެބަދޭ.

    16:46

    ޑރ. ނަޒްލާ: ބަލިއެރި ސޯސް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ކުރިއަށް އެބަދޭ. އެއީ ބަލި ކޮންޓްރޯލް ކުރަން މުހިންމު ކަމެއް.

    16:44

    ޑރ. ނަޒްލާ: ކޮންޓެކްޓް ޓްރޭސް ކުރުމަށް ޓަކައި، ކްލޯސް ކޮންޓެކްޓްވެފައި ތިބި 54 މީހުން ވަނީ މިހާރު އައިސޮލޭޓްކޮށްފައި.

    16:43

    ޑރ. އަލީ ލަތީފް: ފަރުވާއެއް ލިބެންދެން ގޭގައި މަޑުކުރުން މުހިންމީ. އެކަމަށް ނަގާފާނެ އަހަރެއް ވެސް. ލޮކްޑައުން ކުރުމަކީ ތަކުލީފެއް ލިބޭނެ ކަމެއް. އެކަމަކު ބަލި ފެތުރިއްޖެ ނަމަ، އަތޮޅުތަކަށް ގޮސްފާނެ. ނަމަވެސް ރައްޔިތުން ކެތްތެރިވާން ޖެހޭ.

    16:41

    ޑރ. އަލީ ލަތީފް: ކޮމިޔުނިޓީ ޓްރާންސްމިޝަން ހިނގީ، ސިމްޕްޓޮމްއެއް ނުފެނުނު މީހެއްގެ ފަރާތުން ކަމަށް ވެދާނެ. އެކަންކަން ދަނީ ބަލަމުން.

    16:39

    ޑރ. އަލީ ލަތީފް: ބައެއް ފަރާތްތަކުން މި ބައްޔާ މެދު ސީރިއަސްއެއް ނުވޭ. މީހުން އެއްވެ އުޅޭތަން ފެނޭ. ނަމަވެސް މި ބަލިން ފަރުވާ ހޯދެވޭނީ ގޭގައި މަޑުކޮށްގެން. މި ބައްޔަށް ގިނަ ބަޔަކު ވަނީ ތަމްރީންކޮށް ހޮސްޕިޓަލްގެ އެނދުތައް ވަނީ ތައްޔާރު ކުރެވިފައި.

    16:38

    ޑރ. އަލީ ލަތީފް: މިހާތަނަށް ބެލިބެލުމަށް ކޮމިޔުނިޓީ ޓްރާންސްމިޝަންއެއް ކަމަށް މިބެލެވެނީ. ކޭސްއެއް ފެނުމަކީ ވަރަށް ބިރުވެރިކަމެއް. މިއީ އަރިދަފުސް ރޯގާއެއް. ނަމަވެސް މަރުވާ މީހުން ވެސް ގިނަ.

    16:36

    މިނިސްޓަރު އަމީން: މާލެއިން ބަލި ފެނުމުން ނުރައްކާ މި ވަނީ ބޮޑުވެފައި. ސިއްހީ ހިދުމަތްތެރިން ފުރޮންޓްލައިންނަށް ނުކުތުމަށް ތައްޔާރަށް ތިބުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންނެވި.

    16:33

    މިނިސްޓަރު އަމީން: މާލެ ލޮކްޑައުން ކުރަން ޖެހުނީ ބަލި އިތުރަށް މާލެ ތެރެއަށް ފެތުރިގެން ނުދިޔުމަށް. މިފަދަ ހާލަތަކަށް މާލެ އޮތީ ތައްޔާރުވެފައި. އިދާރާތައް ވަނީ ތައްޔާރަށް. ސިއްހީ ހިދުމަތް ދިނުމާއި ބޭހާއި އާންމު ކާބޯތަކެތި ފޯރުކޮށްދޭނެ ގޮތްތައް ވަނީ ރޭވިފައި. މިވަގުތު މުހިންމީ ގޭގައި ތިބުން. މިއީ ބައްޔަށް އޮތް ފަރުވާއަކީ.

    16:31

    މިނިސްޓަރު އަމީން: މިއަދު ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ، މިފަހުން ރާއްޖެއިން ބޭރަށް ދިޔަ މީހެއް ނޫން. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހަކާ ސީދާ ދިމާވެފައިވާ ކަމަކަށް ވެސް އަދި ނުބެލެވޭ. ޕޮޒިޓިވްވި މީހާޔާ ސީދާ ދިމާވި އެންމެން ދެނެގަތުމުގެ މަސައްކަތް އެބަދޭ. ކޮންޓެކްޓްވި ފަރާތްތައް ދެނެގަތުން މިވަގުތު އެންމެ މުހިންމީ.

    16:30

    އެންއީއޯސީގެ ފަރާތުން ޕްރެސް ބްރީފިންއެއް ފަށައިފި. މި ޕްރެސްގައި މައުލޫމާތު ދެއްވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ޑރ. ނަޒްލާ އަދި ޑރ. އަލީ ލަތީފް.

    15:59

    ރައީސް ވާހަކަ ދައްކަވާއިރު، ހުންނެވީ ވަރަށް ބޮޑަށް ފެންކަޅިވެފައި. ރައީސް ކީރިތި ކުރެއްވި.

    15:57

    ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ބޭނުންވާ މިންވަރަށް ކާޑުގެ ބާވަތްތައް އެބަހުރި ކަމަށް.

    15:56

    ކާށިދޫ ލޮކްޑައުންކޮށްފައި ވަނީ، ޕޮޒިޓިވް މީހާޔާ ސީދާ ދިމާވި މީހަކު އެރަށަށް ގޮސްފައިވާތީ ކަމަށް. އަދި ކޮންޓެކްޓް ޓްރޭސިން ނިމެންދެން މުޅި މާލެ އޮންނާނީ ލޮކްޑައުންގައި ކަމަށް ރައީސް ވިދާޅުވި. ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި.

    15:54

    ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާކަމަށް. އަދި ބައްޔަށް ޕޮޒިޓިވްވި މީހަކާ އޭނާއާ ކޮންޓެކްޓްވެފައިވެސް ނުވާ ކަމަށް. އަދި ޕޮޒިޓިވްވި މީހާޔާ ދިމާވި 11 މީހަކު ވަނީ މިހާރު ހޯދިފައި ކަމަށް.

    15:52

    މާލެއިން މީހަކު ފެންނާނެ ހާލަތަކަށް ތައްޔާރު: ރައީސް

    ރައީސްގެ އެޑްރެސް ފައްޓަވަމުން ވިދާޅުވީ، މާލޭގައި ދިރިއުޅެމުން ދިޔަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާ އެކު ސަރުކާރުން ވަނީ ދުރާލާ އެކަމަށް ފިޔަވަޅު އަޅަން ތައްޔާރުވެފައި ކަމަށް. އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ވަނީ މި ހާލަތަށް ތައްޔާރުވެފައި ކަމަށް.

    15:34

    މާލޭ ސަރަހައްދުގައި، ހުރި ހުރިހާ އޭޓީއެމް ސެންޓަރުތަކެއް ބަންދުކޮށްފި.

    15:16

    ވެލާނާ އެއާޕޯޓުން ފުރައިގެން ދަތުރުކުރަމުން ދިޔަ ފްލައިޓްތައް އަނބުރާ ވީއައިއޭއަށް ޖެއްސުމަށް އަންގައިފި. އެއާ އެކު މިއަދު ފުރި ފްލައިޓްތައް މިހާރު އަންނަނީ، އެއާޕޯޓަށް ޖައްސަމުން.

    15:06

    މިއަދު ހަވީރު 3:30 އިން ފެށިގެން ސިނަމާލެ ބުރިޖް ބަންދުވާނެ ކަން އިއުލާންކޮށްފި.

    15:02

    14:48

    ރައީސް ގައުމާ މުހާތަބު ކުރައްވާނީ މިއަދު ހަވީރު 3:45 ގައި ކަމަށް ރައީސް އޮފީހުން ދާދި ދެންމެއަކު އިއުލާންކޮށްފި.

    14:40

    ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ބަންދުކޮށްފި. މިހާރު އަމިއްލަޔަށް ކުނި ހިފައިގެން ވެމްކޯގެ ސެންޓަރުތަކަށް ނުދެވޭނެ ކަމަށް ވެމްކޯއިން ބުނޭ. އެގޮތަށް ނިންމާފައިވަނީ މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައިން ކުރުމާ ގުޅިގެން.

    14:40

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދުގެ ވަގުތެއްގައި ގައުމާ މުހާތަބުކުރައްވާ ގޮތަށް ހަމަޖެހިއްޖެ. ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް ގައުމާ މުހާތަބު ކުރައްވާނީ މިއަދު ހަވީރުގެ ވަގުތެއްގައި.

    14:22

    އެސްޓީއޯގެ ސުޕަމާޓް ތެރޭގައި ބިދޭސީ ޑޮކްޓަރަކަށް ހަމަލާދިން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި. އެސްޓީއޯ ސުޕަމާކެޓުން ތަކެތި ގަންނަން މީހުން މިއަދު ވަނީ ކިއު ހަދާފައި.

    13:41

    ކ. ކާށިދޫ ކަރަންޓީނަށް ގެނައިސް އެ ރަށަށް އެރުމާއި ފޭބުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފި

    13:29

    ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ހުރި ސަން އޮންލައިންގެ ނޫސްވެރިޔާ، މުޒައްޔިން ނާޒިމް ބުނި ގޮތުގައި 2:30 ގައި އެންއޯސީގެ ޕްރެސް އޮންނާނެ ކަމަށް ބެލެވޭ ކަމަށް. އެ ސެންޓަރުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުން.

    ހޯމް މިނިސްޓަރު އިމްރާން ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި --

    13:25

    އެސްޓީއޯއިން ތަކެތި އޯޑަރު ކުރުމަށްhttps://sto.mv/CustomerOrderމި ލިންކަށް ވަނުމަށް ފަހު އޯޑަރު ކުރުމުން ތަކެތި ގެއަށް ޑެލިވަކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނޭ.

    13:20

    އެސްޓީއޯ ސުޕަމާކެޓަށް ތަކެތި ގަންނަން ނުގޮސް ގޭގައި ތިބެގެން އޯޑަ ކުރުމަށް އެސްޓޯއީގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު އިލްތިމާސް ކުރައްވައިފި. އަމްރު ވިދާޅުވީ ގޭގައި ތިބެގެން އޯޑަރު ކުރުމުން ގެއަށް ޑެލިވަ ކޮށްދޭނެ ކަމަށް

    13:10

    މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ފުލުހުން ގުޅިގެން މިއަދު ހަވީރު 16:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި

    ބެލެވޭގޮތުން އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮވިޑް 19 އާ ގުޅިގެން މީހުން މަގުތަކަށް ނުކުމެ އުޅުމުގައި އިތުރަށް ބަލަންޖެހޭ ކަންކަން އިއުލާނު ކުރުމަށް

    13:10

    ނޭޝަނަލް ޑިސާޒްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކުރަނީ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ހާސް ނުވެ، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް. އަދި ކޮރޯނާވައިރަސް ފެތުރުމާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީންކަން އެންޑީއެމްއޭއިން ދޭ.

    13:04

    މާލެއިން ފުރާމީހުން ވެސް ވަނީ، އިތުރުވެފައި. އެގޮތުން، މާލޭގެ ބައެއް ސަރަހައްދުތަކުން މީހުން ދަނީ ރަށްރަށަށް ފުރަމުން.

    މާލެއިން ފުރަން މީހުން ޖަމާވެފައި --

    13:01

    ރާއްޖޭގެ ރަށްރަށުގައި ކޮވިޑ 19 ފެތުރޭނެ ކަމީ އަބަދުވެސް އާންމު ސިއްހަތުގެ މާހިރުންނަށް އެނގި ތިބި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. ނަޝީދު އެހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި

    12:59

    މާލޭ ސިޓީކައުންސިލުން އިލްތިމާސްކޮށްފައި ވަނީއޮންލައިންކޮށް އޯޑަރުކުރެވޭ ވިޔަފާރިތަކުން ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް.

    12:54

    ނަޝަނަލް އެމްޖެންސީ ސެންޓަރުގައި މިއަދު 12:30 ގައި ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ. އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ޕްރެސް ބާއްވާނެ ވަގުތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް.

    12:49

    ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް މާލެއިން ފެނުމާ އެކު، ހަރުކަށި ފިޔަވަޅުތައް ސަރުކާރުން އަޅާނެކަން ބަލައިގެން މީހުން ތަކެތި ގަތުމަށް ސުޕަމާކެޓްތައް ކައިރީ އަންނަނީ ކިއޫ ހަދަމުން. އެގޮތުން، އެސްޓީއޯ ސުޕަމާކެޓް ކައިރީ ވަނީ ކިއޫ ހަދާފައި.

    އެސްޓީއޯ ސުޕަމާކެޓް ކައިރީ ކިއޫ ހަދައިގެން --

    12:46

    ޕޮޒިޓިވްވި މީހާ، ދިރިއުޅެމުން އައި ގެ ހުންނަ ސަރަހައްދު މާފަންނު ބޮޑިބަތް ޕާކް ކައިރި ބަންދުކޮށް ރެޕިޑް ރެސްޕޮންސް ޓީމުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން. އެ ސަރަހައްދުގައި ހަތަރު އެމްބިއުލަންސެއް އެބައޮތް. އަދި އެ މީހާ އުޅުނު ގެ މިހާރު ވަނީ ކަރަންޓީނުކޮށްފައި.