18 Dec 2011, 00:14
ލ. މުންޑޫ އާއި އަތޮޅު ކަޅައިދޫ އާއި ދެމެދު އޮންނަ ބޮކަފުއްޓާއި ދޭތެރެއަށް 70 ފޫޓުގެ ބޮޑު މަހެއް ލައްގައިފި އެވެ. މަސް ލައްގާފައި ވަނީ ފަޅުރަށް ބޮކަފުށިގެ ކަނޑުތޮށީގެ މައްޗަށް ރޭގެ ވަގުތެއްގަ އެވެ.
މަހުގެ ފުޅަކަށް 30 ފޫޓު ހުރި ކަމަށް ވެސް ސިފައިން ބުންޏެވެ. އެ އަތޮޅު މުންޑޫ މީހަކު ބުނީ ލެއްގި މަސް އޮތީ ހިސާބަކަށް ކުނިވެފައި ކަމަށާއި އެއީ ވޭލް އާއިލާގެ ވައްތަރެއްގެ މަހެއް ކަމަށް ބެލެވޭ ކަމަށެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ލާމަށް ލެއްގި ބޮޑުމަސް ނައްތާލުމަށް ޓަކައި އެމްއެންޑީއެފްން އެ އަތޮޅު ކަޅައިދޫގައި ގާއުމުވެ ތިބޭ ސފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބުނީ ބޮޑުމަސް ލައްވެފައިވާ ސަރަޙައްދަށް ސިފައިން ގޮސް އެބޮޑ މަސް ވަޅުލައި ނައްތާލާނެ ގޮތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ބޮޑުމަސް ނައްތާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.