މައްޗަންގޮޅި ގެއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މައްޗަންގޮޅި ގެއެއްގައި މަރުވެފައި އޮއްވާފެނިފައި ވަނީ 29 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އަދި އެ މީހާ މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:45ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.