13 Apr 2020, 00:22
ޑީވިއޭޓެޑް ސެޕްޓަމް އަކީ ނޭފަތުގެ ކަށިގަނޑާއި ކާޓިލޭޖް ގުޅޭ ހިސާބު (ނޭސަލް ސެޕްޓަމް) ކަތިކޮށް ހުރުމެވެ. މިހެންވުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ އެތަކެއް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.
ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ނޭސަލް ސެޕްޓަމްގައި ކޮންމެ ވެސް ވަރެއްގެ ކަތިކަމެއް ހުންނަ މީހުންނެވެ. މި މައްސަލަ ބޮޑަށް ހުންނަ މީހުންނަށް ނޭވާލުމުގައި ވަރަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެ އެކަން ރަނގަޅު ކުރަން ޖެހެ އެވެ.
ލިބޭ އަނިޔާއަކުން ބައެއް މީހުންނަށް މި މައްސަލަ ކުރިމަތިވާއިރު، އަނެއް ބައި މީހުންނަށް ޑީވިއޭޓެޑް ސެޕްޓަމްއަކީ ވިހެއުމުގައި ހުންނަ އައިބެކެވެ. މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުގެ އެއްފަރާތަށް ވުރެ ބޮޑަށް އަނެއް ފަރާތް ބެދުމާއި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. އާންމުކޮށް ސައިނަސް އިންފެކްޝަން ޖެހުމާއި، ނޭފަތުން ލޭއައުމާއި ބޮލާއި މޫނުމަތީގައި ރިއްސުމުގެ އިތުރުން އަޑު ހަރުކޮށް ނޭވާލުމާއި ނިދާއިރު އަޑު ހަރުކޮށް ގުގުރި ދެމުމަކީ ވެސް މިކަމުގެ އަލާމަތްތަކެވެ.
ބައެއް ހާލަތްތަކުގައި މި މައްސަލައަށް ބޭހުން ލުޔެއް ލިބުނު ނަމަވެސް ހަމައެކަނި ބޭހުން ލުޔެއް ނުލިބޭ ނަމަ ސެޕްޓޮޕްލާސްޓީ ސާޖަރީގެ އެހީގައި ކަތިވެފައިވާ ސެޕްޓަމް ރަނގަޅުކޮށް ނޭވާލުން ރަނގަޅުކޮށްލެވޭނެ އެވެ.
ސެޕްޓޮޕްލާސްޓީ ސާޖަރީ ހަދާ އިރު ސެޕްޓަމްގެ ތަންކޮޅެއް ކަފާލައިގެން ކަތިވެފައިވާ ބައި ރަނގަޅުކުރެވެ އެވެ. ބައެއް ފަހަރު ރައިނޮޕްލާސްޓީ އާ އެއްކޮށް ވެސް ސެޕްޓޮޕްލާސްޓީ ސާޖަރީ އަދި ސައިނަސް ސާޖަރީ ހަދަ އެވެ.
ރައިނޮޕްލާސްޓީ އަކީ ނޭފަތުގެ އައިބު ފިލުވައި ބައްޓަން ރަނގަޅުކުރުމަށް ކުރެވޭ ސާޖަރީއެކެވެ. މި ދެ ސާޖަރީ އެއްކޮށް ކިޔާ ނަމަކީ ސެޕްޓޮރައިނޮޕްލާސްޓީ އެވެ.
ސެޕްޓޮޕްލާސްޓީ ސާޖަރީ ހަދަން ނަގަނީ ގާތްގަނޑަކަށް ދޮޅުގަޑިއެއް ހާ އިރެވެ. އަދި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތެރޭގައި ބަލި މީހާ ގެއަށް ދޫކޮށްލާނެ އެވެ. ޑީވިއޭޓެޑް ސެޕްޓަމްއެއް ހުންނަ ކަމަށް ޝައްކުކުރެވޭ ނަމަ އީއެންޓީ ޑޮކްޓަރެއްގެ ލަފާއާއެކު ސެޕްޓޮޕްލާސްޓީ ނުވަތަ ރައިނޮސެޕްޓޮޕްލާސްޓީ ހެދުމަށް ޕްލާސްޓިކް ސާޖަންއަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ނޫނަސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕްލާސްޓިކް ސާޖަރީގެ އިތުރު ހިދުމަތްތައް ވެސް ފޯރުކޮށްދެ އެވެ. އެއީ؛
ގައިނެކޮމެސްޓިއާ ސާޖަރީ (ފިރިހެނުންގެ އުރަމަތި ރަނގަޅުކުރުން)
ގައިނޮކެމެސްޓިއާއަކީ ފިރިހެނުންގެ އުރަމަތީގެ ޓިޝޫ ބޮޑުވުމާއި ދުޅަވުމެވެ. މި މައްސަލައަކީ ހޯމޯން ބަދަލެއްގެ ސަބަބު ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. އަދި މި މައްސަލަ ރަނގަޅު ކުރުމަށް ގައިނޮކޮމެސްޓިއާ ސާޖަރީ ހަދަ އެވެ.
އެބްޑޮމިނޮޕްލާސްޓީ (ޓަމީ ޓަކް)
އެބްޑޮމިނޮޕްލާސްޓީއަކީ މެދު އަދި ދަށްބަޑުގައި އުފެދޭ ސަރުބީ ނައްތާލައި ދޫވެފައިވާ ހަން ރަނގަޅުކުރުމަށް ހަދާ ސާޖަރީއެކެވެ. ބަނޑުގައި އިތުރަށް ސަރުބީޖަހައި ފަލަވުމަކީ ހާޓް އެޓޭކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ އެތައް މައްސަލައެއް ދިމާވެދާނެ ކަމެކެވެ.
ކޮންޖެނިޓަލް ބްރެސްޓް ހައިޕާޓްރޮފީ
ބްރެސްޓް ހައިޕަޓްރޮފީއަކީ އާދަޔާ ހިލާފަށް އުރަމަތި ބޮޑުވުމަށް ދިމާވާ މައްސަލައެކެވެ. މި މައްސަލަ އުރަމަތީގެ އެއް ފަރާތަށް ނުވަތަ ދެ ފަރާތަށް އެއްފަހަރަކާ ދިމާވުން ވެސް އެކަށީގެންވެ އެވެ. ކޮންޖެނިޓަލް ބްރެސްޓް ހައިޕާޓްރޮފީއަކީ ބާލިޣުވުމުން ނުވަތަ ބަނޑުބޮޑުވުން އަދި އާދަޔާ ހިލާފަށް ފަލަވުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. މި މައްސަލަ ބައެއްފަހަރު އަލަށް ލިބޭ ފިރިހެން އަދި އަންހެން ދަރިންނަށް ވެސް ދިމާވެ އެވެ.
ރައިނޮޕްލާސްޓީ
ރައިނޮޕްލާސްޓީއަކީ ނޭފަތުގެ އައިބެއް ނުވަތަ ނޭވާލުން ރަނގަޅު ކުރަން ހަދާ ސާޖަރީއެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑރ. މެހްމެތް ދިނާރަކީ ޕްލާސްޓިކް ސާޖަރީއަށް ހާއްސަ ޑޮކްޓަރެކެވެ. ޕްލާސްޓިކް ސާޖަރީގެ ހިދުމަތްތައް ދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި މެޝިނަރީތަކެވެ. އަދި މި ސާޖަރީތަކުގައި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުނަރުވެރި އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމެއް ވެސް ހާއްސަކޮށްފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕްލާސްޓިކް ސާޖަރީއަށް ހާއްސަ ޑރ. މެހްމެތް ދިނާރު-- ފޮޓޯ/ޓްރީ ޓޮޕް
ސެޕްޓޮޕްލާސްޓީ އަދި އެހެނިހެން ސާޖަރީއާ ބެހޭ އިތުރު މައުލޫމާތު އަދި ޑޮކްޓަރުގެ އެޕޮއިންޓްމަންޓެއް ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އާ ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.