ދިވެހީން އެތައް އަހަރެންވަންދެއް އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާޕް ބްރޭންޑްގެ މުޅިންއާ މޮޑެލްތަކެއް އަނެއްކާވެސް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

އެގޮތުން މިފަހަރު ތައާރަފްކޮށްފައިވަނީ ޝާޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ "ފްރަންޓް ލޯޑް" ދޮންނަމެޝިނެވެ. މިއީ މުޅި ރާއްޖެއަށްވެސް އަލަށް ތައާރަފްކުރެވިގެން ދިޔަ ޝާރޕްގެ ރޭންޖެކެވެ. މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލެކެވެ.

މިގޮތުން ތައާރަފް ކުރެވިފައިވަނީ ޖަޕާންގެ ޓެކްނޮލޮޖީއިން ފަރުމާކުރެވިފައިވާ މޮޅު އިންވާޓާ މޮޓޯ ހިމެނޭ ދޮންނަމެޝިނެކެވެ. އަދި މީގެ އިތުރުން މި މެޝިނަކީ ކަރަންޓު އަދި ފެނުގެ ޚަރަދު ކުޑަ މެޝިނެކެވެ. ކޮންމެ ވައްތަރެއްގެ މެޓީރިއަލްއެއްވެސް ދޮވެލުމުގެ ގާބިލްކަން ލިބިފައިވާ މި މެޝިނަކީ ދޮވެލުމުގައި އަޑުމަޑު މެޝިނެކެވެ.

ޝާޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާވިސް ވޮރަންޓީއާ އެކުގައެވެ. ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވް ގެ ސާވިސްޓީމުންނެވެ. ޝާޕްގެ އިތުރު ރޭންޖުތަކެއް ރެޑްވޭވްގެ ރޯދަ ސޭލްގެ ތެރެއިން ތައާރަފް ކުރެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރާ ކޮންމެ 500 ރުފިޔާއަކަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.