17 Dec 2011, 15:37
ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ގުރުލުން އިއްޔެ ބާއްވައިފި އެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިވި އިނގިރޭސި ހަތަރު ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރު ކުރި ދެޓީމު ޖެހެނީ އިޓަލީ ވިލާތުގެ ދެޓީމާ އެވެ.
ގްރޫޕް އީ ގެ އެއްވަނާގައި އޮތް ޗެލްސީ ބައްދަލުކުރަން ޖެހެނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ނަޕޯލީ އާއެވެ. ނަޕޯލީ އަކީ މެންޗެސްޓާ ސިޓީ އަދި ސްޕެއިންގެ ވިލަރެއާލް ކަޓުވާލުމަށް ފަހު ދެވަނަ ބުރުން ޖާގަ ހޯދި ޓީމެކެވެ.
ގްރޫޕް އެފް ގެ އެއްވަނާގައި އޮވެ އާސެނަލް އިން ނިންމާލި ނަމަވެސް ދެވަނަ ބުރުގައި އެޓީމަށް ޖެހެނީ ފަސޭހަ ޓީމަކާ އެއް ނޫނެވެ. ދެވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ އިޓަލީ ޗެމްޕިއަން އޭސީ މިލާން އާ އެވެ. އޭސީ މިލާން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ޗެމްޕިއަންސް ލީގު ދެވަނަ ބުރު:
ލިޔޯން - އެޕޯލް ނިކޯސިއާ
ނަޕޯލީ – ޗެލްސީ
އޭސީ މިލާން – އާސެނަލް
ބާސެލް – ބެޔާން މިއުނިކް
ބެޔާން ލެވަކޫސަން – ބާސެލޯނާ
ސީއެސްކޭއޭ މޮސްކޯ – ރެއާލް މެޑްރިޑް
ޒެނިތް ސެންޓް ޕީޓާސްބާގް – ބެންފިކާ
މާސޭލް – އިންޓަމިލާން
ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ ކުޅުން ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ސާދަ ވަނަ ދުވަހާއި ފަނަރަ ވަނަ ދުވަހާއި 21 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. އަދި މިބުރުގެ ދެވަނަ ލެގުގެ މެޗުތައް ކުރިއަށް ދިއުމަސް ހަމަޖެހިފައިވަނީ މާޗް ހަވަނަ ދުވަހާއި ހަތްވަނަ ދުވަހާއި ތޭރަ ވަނަ ދުވަހާއި ސާދަ ވަނަ ދުވަހު އެވެ.