މާލެ ސަރަހައްދުގެ ފެންމަތިން ބޮޑު ގަސްގަނޑެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގަސްގަނޑު އޮޔާދަނީ މާލޭ ސިޓީގެ އިރު ދެކުނު ކަންމަތިން ކަމަށެވެ. އަދި އޮއި ހުރި ގޮތުން އެ ގަސްގަނޑު ދަނީ ބޭރު ކަނޑަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ސަމާލުވާން އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެއް އަލިހުރަސް ކަނޑުމަތިން އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާންވެސް އެމްއެންޑީއެފްއިން އިއްޔެ އިލްތިމާސްކޮށްފައިވެއެވެ.